އެޕްރީލުމަހު ރާއްޖެއަށް އިމްޕޯޓު ކުރި މިންވަރު އިތުރުވެއްޖެ

ފާއިތުވި އެޕްރީލުމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ އެޕްރީލުމަހާ އަޅާބަލާއިރު %9 އިތުރުވެއްޖެއެވެ.

މިދިޔަ އަހަރު އެޕްރީލުމަހު ދިވެހިރާއްޖެއަށް 3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އެޕްރީލުމަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން %21 އެކުވެރި އަރަބި އިމާރާތުން އިމްޕޯޓްކޮށްފައިވާއިރު، %16 އިންޑިޔާއިން، 12% ސިންގަޕޫރުން، %10 ޗައިނާއިން އަދި %6 މެލޭޝިއާއިންވަނީ އެތެރެކޮށްފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ އެޕްރީލުމަހާ އަޅާބަލާއިރު ހުސްވި އެޕްރީލުމަހު 5 އިންސައްތަ ދަށަށްގޮސްފައެވެ. މިދިޔަ އެޕްރީލުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 203 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ އެޕްރީލުމަހު ލިބިފައިވަނީ 214 މިލިއަން ރުފިޔާއެވެ.

ފާއިތުވި އެޕްރީލުމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އެޕްރީލުމަހާ އަޅާބަލާއިރު 21 އިންސައްތަ ދަށަށްގޮސްފައެވެ. 2016 ވަނަ އަހަރުގެ އެޕްރީލުމަހު 353 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ އެޕްރީލުމަހު މި ޢަދަދު ވަނީ 279 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ އެޕްރީލުމަހު އެކްސްޕޯޓްކުރި މުދަލުގެ %39 އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.