ރާއްޖެ އެތެރެކުރަން އުޅުނު 1.1 ކިލޯގެ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއައި ޕެސެންޖަރަކު އެތެރެކުރަން އުޅުނު 1.1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިމަހުގެ 2 ވަނަ ދުވަހު ދުބާއީއިން ރާއްޖެއައި 54 އަހަރުގެ ޕާކިސްތާން ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި މީނާ އަރައިގެންހުރި ބޫޓުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އަޅާފައިހުރި 2 ޕެކެޓް ވަނީ ފެނިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. މި މީހާގެ އަތުން އަތުލެވުނު މަސްތުވާތަކެތީގެ ބަރުދަން 1100 ގްރާމަށް އަރާއިރު، މިތަކެތީގެ މަގުމަތީއަގު 4 މިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ.

މިމީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގްކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.