އެޑިޔުކޭޝަން މިނިސްޓަރ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރައްވައިފި

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ވެރިންނާއި ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫއު މީގެ ދެ ހަފްތާކުރިން ފެށިގެން ކުރިއަށްދާ އިރު މިހާތަނަށް އެކަމަނާ ވަނީ ފަސް ބުރެއްގެ މަތިން ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރައްވާފަ އެވެ. އެއީ ފުރަތަމަ ބުރުގައި ވ، މ، ލ އަދި ގއ އަތޮޅާއި ދެވަނަ ބުރުގައި ފުވައްމުލައް، ބ އަދި ތ އަތޮޅާއި ތިން ވަނަ ބުރުގައި މާލޭގެ ސްކޫލްތަކާއި ރ އަތޮޅެވެ. އަދި ހަތަރު ވަނަ ބުރުގައި ނ، ކ ، އއ، ހދ، ޅ އަދި ގދ އަތޮޅުގެ ސްކޫލްތަކުގެ ވެރިންނާއި މިނިސްޓަރ ބައްދަލުކުރައްވާފައިވާ އިރު، އެންމެ ފަހުން އިއްޔެ އާއި މިއަދު އެކަމަނާ ބައްދަލުކުރައްވާފައިވަނީ އައްޑޫ، ހއ، ށ، އދ، ފ އަދި ދ އަތޮޅުގެ ސްކޫލްތަކުގެ ވެރިންނާ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮންމެ ބުރަކަށް ވެސް ދެ ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށްދާ މި ބައްދަލުވުމުގައި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހިންގަމުން ގެންދަވާ ޓެން ޕްލަސް، އެޓެންޑެންސް ޕޮލިސީ ފަދަ ތަފާތު ޕްރޮގްރާމްތަކުގެ މައުލޫމާތު ސްކޫލްތަކުގެ ވެރިންނާއި ހިއްސާކުރައްވާ، ސްކޫލްތަކުގައި އެ ޕްރޮގްރާމްތައް ތަންފީޒުކުރެވެމުންދާ މިންވަރާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި އިމްތިހާނުތަކުން ދަރިވަރުން ހޯދާ ނަތީޖާ އިތުރަށް މަތިކުރުމާއި ބެހޭ ގޮތުންނާއި، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ސިޔާސަތުތަކުގެ ތެރެއިން ސްކޫލްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ ބައްލަވާލައްވައި، އިތުރަށް މަސައްކަތްކުރަންވީ ދާއިރާތަކާއި ގުޅޭ ގޮތުން އެކަމަނާ ސްކޫލްތަކުގެ ވެރިންނާއި އެކު މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޓިވެޓް، ދަސްވާރު، ލައިފްސްކިލްސް އަދި ބީޓެކް ފަދަ ޕްރޮގްރާމްތައް ހިންގެވުމުގައި ހަރަކާތްތެރިވާ ބޭފުޅުން އެ ޕްރޮގްރާމްތަކާއި ބެހޭ ތަފާތު މައުލޫމާތުތައް ޕްރިންސިޕަލުންނާއި ހިއްސާކުރެއްވިއެވެ. އަދި ފައިސާ އާއި މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ސްކޫލްތަކުގެ ވެރިންނާއި ހިއްސާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.