އުރީދޫ މޯލްޑިވްސް އައިޕީ އޯ ފަށައި، ޙިއްޞާ ގަތުމަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ފަށައި، ޙިއްޞާ ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް ވަނީ، އުރީދޫ މޯލްޑިވްސްގެ ދޫކޮށްފައިވާ ޙިއްޞާގެ  40 އިންސައްތަ އާއި ހަމައަށް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޙިއްޞާއަކަށް 30 ރުފިޔާގެ ގެ ރޭޓުން، އެންމެ ފުރަތަމަ ވިއްކަން ހުށަހަޅާފައި ވަނީ ދޫކޮށްފައިވާ އާންމު ޙިއްޞާގެ 15 އިންސައްތަ ކަމުގައިވާ 22,170,060 ޙިއްޞާއެވެ. ދޫކޮށްފައިވާ އާންމު ޙިއްޞާގެ 15 އިންސައްތަ އަށްވުރެ ގިނަ ޙިއްޞާ ގަންނަން ހުށަހެޅުންތައް ލިބިއްޖެނަމަ، ގިނަވެގެން 40 އިންސައްތަ ކަމުގައިވާ 59,120,160 އާންމު ޙިއްޞާއާ ހަމައަށް އުރީދޫ މޯލްޑިވްސް އިން ވިއްކާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް، (http://ooredoo.mv/investors) ނުވަތަ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) އަށް ޒިޔާރަތްކުރައްވައިގެން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާ ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، ކޮންމެ ވަގުތަކުވެސް، ފަސޭހަކަމާ އެކު ޑެޕޮސިޓްރީ އެކައުންޓް ހުޅުވައި، ޙިއްޞާ ބައްލަވައި ގަނެވޭނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތަށް ވަނީ ގާއިމްކުރެވިފައެވެ. މީގެތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނަރ ޝޮޕްތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތަށް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނެއެވެ.

މިގޮތުން، ހުރިހާ ކަލެކްޝަން ޕޮއިންޓެއްގެ ފުރިހަމަ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ޕްރޮސްޕެކްޓަސްގެ، އެނެކްޝާ-ސީ ގައި ހިމެނިފައި ވާނެއެވެ. ޕްރޮސްޕެކްޓަސް އާއި، އެޕްލިކޭޝަން ފޯމުގެ އިތުރުން އައިޕީއޯ އާއި ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް އޮންލައިންކޮށް ހޯއްދެވުމަށް އުރީދޫގެ ވެބްސައިޓް އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ޙިއްޞާ ބައްލަވައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 28 މެއި 2017 އެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، ދިވެހިރާއްޖޭގައި ހަފްތާ ބަންދުނޫން ދުވަހަކާ ދިމާވެއްޖެނަމަ، މި ތާރީޚަށް ބަދަލު އައުން އެކަށީގެންވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.