ކަސްޓަމްސް އާއެކު މަސައްކަތްކުރާ އޮފީސްތަކުގެ ވެރިންނަށް ހުޅުވާލައިގެން ބިލިއާޑް މުބާރާތެއް ފަށައިފި!

ކަސްޓަމްސް އާއެކު މަސައްކަތްކުރާ އޮފީސްތަކުގެ ވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ބިލިއާޑް މުބާރާތެއް ކަސްޓަމްސްގެ ގޭމް ސެންޓަރގައި ފަށައިފިއެވެ.

މިމުބާރާތް ފައްޓަވައިދެއްވީ މިއަދު މިކަމަށްޓަކައި ކަސްޓަމްސްގެ ގޭމް ސެންޓަރގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދު އާއި މުބާރާތުގައި ބައިވެރިވާ އޮފީސްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މުބާރާތަކީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީ.އާރު.ސީ) ގެ ފަރާތުން އިންތިޒާމްކުރާ މުބާރާތެކެވެ. ކަސްޓަމްސްގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އެވެ. މުބާރާތުގައި އިއްޔެ ހަވީރުގެ ދަންފަޅީގައި ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ކަސްޓަމްސް އާއި އެމް.ޕީ.އެލް އެވެ.

ކަސްޓަމްސް މޮޅުވީ ސީދާ ތިން ގޭމުން އެމް.ޓީ.ސީ.ސީ އަތުންނެވެ. އަދި އެމް.ޕީ.އެލް މޮޅުވީ 2 ގޭމް 1 ގޭމުން އެސް.ޓީ.އޯ އަތުންނެވެ.

ޖުމްލަ 15 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30 ގައެވެ. މިމުބާރާތް ސްޕޮންސަރކޮށްފައިވާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) ގެ ފަރާތުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.