ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރކުރުމުގެ މަސައްކަތް ކޮމިޝަނުން ފަށައިފި

މި އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރ ކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

އިންތިހާބުގެ ދުވަސްވަރަކީ ސިޔާސީ ގޮތުން ހާއްސަ ވާދަވެރިކަމެއް އުފެދޭނޭ ދުވަސްވަރަކަށް ވުމާއެކު އެ ދުވަސްވަރު ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓްގައި ސިޔާސީ ކޮންޓެންޓް އާދަޔާ ޚިލާފަށް ހިމެނިފައި ހުންނާތީ، މި ދުވަސްވާރާ ދިމާކޮށް މޮނިޓަރކުރުމުގެ މި ޙާއްޞަ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓެއްގެ ސަބަބުން ކެންޑިޑޭޓުންގެ އިންތިހާބީ ހައްޤުތަކަށް އުނިކަން އަތުވެދާނޭ ފަދަ ކޮންޓެންޓް ބަލައި މޮނިޓަރކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަސައްކަތުގައި މޮނިޓަރކުރެވޭނީ ކަނޑައެޅޭ ޓީވީ ޗެނެލްތަކުގެ ޕްރައިމްޓައިމް ކަމުގައި ވާ ރޭގަނޑު 8.00 އިން ދަންވަރު 12 އަށް ގެނެސްދޭ ކޮންޓެންޓްއެވެ. އަދި މޮނިޓަރކުރާއިރު ބެލޭނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ ޤާނޫނުގެ އިންތަކާ ޚިލާފު ކޮންޓެންޓް ހިމަނާފައި ހުރިތޯއެވެ.

މޮނިޓަރިންގ ގެ މި ޚާއްސަ މަސައްކަތުގައި މޮނިޓަރކުރެވޭނީ ނިއުސް އާއި ކަރަންޓް އެފެއަރސް، ޑިރެކްޓް އެކްސެސް އަދި ސިޔާސީ ޕްރޮގަރާމްތައް ގެނެސްދޭ ޗެނެލްތަކެވެ. މީގެ އިތުރުން ވެސް އެހެން ޗެނެލަކުން ޚަބަރު ނުވަތަ މިފަދަ ކޮންޓެންޓް ގެނެސްދޭން ފަށައިފި ނަމަ އެ ޗެނެލެއް މޮނިޓަރކުރުމަށް ހަމަޖެހިފައިވެއެވެ.

މޮނިޓަރކުރުމުގެ މި މަސައްކަތް ހިންގަނީ ކޮމިޝަނުގެ ގިނަ މުވައްޒަފުން ހިމެނޭ ގޮތަށް “އެލެކްޝަންސް މޮނިޓަރިންގ ޓާސްކްފޯސް” އެއް އެކުލަވާލައި، މައިގަނޑު 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން، ފުރަތަމަ ކޮންޓެންޓް މޮނިޓަރކުރުމަށްފަހު، މޮނިޓަރިންގ އިން ފާހަގަކުރެވޭ މައްސަލަތައް ކޮމިޝަނަށް ހުށަހަޅައި އަވަހަށް އެޖުޑިކޭޓްކުރެވޭނޭ ފަދަ އިންތިޒާމެއްގެ ދަށުން ބެލުމަށް ހަމަޖެހިފައިވެއެވެ.

6 އޭޕްރިލް އިން ފެށިގެން 6 މެއި 2017 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ފަހު ބަޔަކީ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުވައިގެން ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި ތަފާސް ހިސާބުތައް ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލާ ނެރުމެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް، އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓް ކުރި ކޮންޓެންޓް މޮނިޓަރކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކޮށް، އެކަމާ ގުޅޭ ރިޕޯޓް ވަނީ އެކުލަވާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.