ރާއްޖެ އެތެރެކުރަން އުޅުނު 1.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއައި ދެ ޕެސެންޖަރުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިގޮތުން ވޭތުވެދިޔަ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ހަށިގަނޑުން ވަނީ މަސްތުވާތަކެތި ފެނިފައެވެ. މިގޮތުން ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ 1 ޕެކެޓް ހަޝިޝް އޮއިލް (506 ގްރާމް) އަދި ހެރޮއިން އަޅާފައިހުރި 6 ބްލެޓް (162 ގްރާމް) ވަނީ ފެނިފައެވެ. މި މީހާގެ އަތުން އަތުލެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 668 ގްރާމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި މިމަހުގެ 3 ވަނަ ދުވަހު ދުބާއީއިން ރާއްޖެއައި 32 އަހަރުގެ ދިވެހި ފިރިހެނަކާއި ބެހޭގޮތުން ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތަކަށް ބިނާކޮށް އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުން ބަލައިފާސްކުރުމުގެ ތެރޭގައި މީނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތިވަނީ ފެނިފައެވެ. މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 783 ގްރާމް ހުއްޓެވެ.

މިދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގްކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.