އެއާޕޯޓް ޑިވަލޮޕްމަންޓް ފީ ނެގުމުގެ ގަވައިދު އެކުލަވާލައި އާންމުކޮށްފި

 

ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ ފަސިންޖަރުންގެ އަތުން ނެގުމަށް ފާސްކުރި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ (އޭޑީއެފް) ނެގުމުގެ ގަވައިދު އެކުލަވާލައި އެ ގަވައިދު ގެޒެޓްކޮށް އާންމުކޮށްފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން ރޭ ގެޒެޓްކޮށް އާންމުކުރި އާ ގަވާއިދުގެ ދަށުން، 8 ޑިސެންބަރު 2016 ގެ ފަހުން ފުރާ ފަސިންޖަރުންގެ ފައިސާ އެއާލައިންތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ.

ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި ދެ އަހަރުން ދަށުގެ ކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ޓެކުހުން އިސްތިސްނާ ވާނެއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ މި އަހަރުގެ މެއި އެއްވަނަ ދުވަހުގެ ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނެގުމަށް ހަމަޖައްސާފައިވާ ފީ އެކެވެ. މި ފައިސާ ވެސް އެއާލައިން ތަކުން ދައްކަން ޖެހޭނީ މީރާ އަށެވެ.

މީ މީގެކުރިންވެސް ނަގަމުން އައި ޓެކުހެކެވެ. މީގެ ކުރިންވެސް ނަގަމުން އައީ އެއާޕޯޓުން ބޭރަށް ފުރާ ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައެވެ.

ރޭ އާންމުކުރި ގަވައިދުގައިވާ ގޮތުން ގަވައިދަށް އަމަލުކުރަން ފަށާއިރު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއާޕޯޓް ހިންގާ ފަރާތްތަކާއި ރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއާލައިންތައް އެއާޕޯޓް ސާވިސް ޗާޖަށާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް މީރާގައި ރަޖިސްޓްރީކުރަންޖެހެއެވެ.

އާންމުކުރި މި ގަވައިދުގައި ވާގޮތުން މިރާގައި ރަޖިސްޓްރީކުރާ ފަރާތްތަކުން މެއި އެއްވަނަ ދުވަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ނަގަންޖެހޭނެ އެވެ.

އެ ފީ ނަގާނީ މެއި އެއްވަނަ ދުވަހުގެ ފަހުން ދަތުރު ކުރުމަށްޓަކައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ޓިކެޓް ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ކަމަށްވަނީ ބުނެފައެވެ.

ޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި ދެ އަހަރުން ދަށުގެ ކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ޓެކުހުން ވެސް އިސްތިސްނާވެ އެވެ.

އަދި ”ޑައިރެކްޓް ޓްރާންސިޓް“ ނުވަތަ ރާއްޖޭގެ އެއާޕޯޓެއްގައި ޓްރާންސިޓްކުރާ ފްލައިޓެއް ރާއްޖެއިން ބޭރަށް ފުރާއިރު އެ ފްލައިޓް ރާއްޖެއަށް އައި ދަތުރުގަިއ ބަޔާންކުރި ފްލައިޓް ނަންބަރު ބަދަލުނުވެ ފުރައިގެންދާ ފްލައިޓްތަކުގައި ތިބޭ ޓްރާންސިޓް ފަސިންޖަރުންގެ އަތުން ވެސް މި ފީ ނުނަގާނެ އެވެ.

އަދި، އަމިއްލަ ބާރު ނުފޯރުވާ ހާލަތެއް މެދުވެރިވެގެން ރާއްޖޭގެ އެއާޕޯޓަކަށް ޖައްސާ ފްލައިޓެއްގައި ތިބޭ ފަސިންޖަރުން ރާއްޖެއިން ބޭރަށް ފުރާއިރު އެއާޕޯޓް ސާވިސް ޗާޖާއި އޭޑީއެފް ނަގާކަށް ނުޖެހެ އެވެ.

އޭޑީއެފް އަށް ރަޖިސްޓްރީކުރަންޖެހޭ ފަރާތެއް ރަޖިސްޓްރީނުކޮށްފިނަމަ ޓެކްސް ނެގުމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ޖޫރިމަނާކުރެވޭނެ ކަމަށް ރޭ އާންމުކުރި ގަވައިދުގައި ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.