އިސްލާމީ އުއްމަތް ޤަޠުލުކުރާއިރުވެސް އިސްލާމީ ޤައުމުތަކުގެ ސިފައިންނާ ހަތިޔާރު ތެޔޮލައި ފޮރުވާފަ

މުސްލިމުންނަށް މިއަދު ކުރިމަތި ވެފައިވާ ކޮންމެ މުޞީބާތެއްގެ އަސްލަކީ އިސްލާމް ދީނާ ދުރުހެލިވުމެވެ. ދީނަށް ތަބަޢަ ނުވުމެވެ. ދީނާމެދު ފަރުވާކުޑަކޮށް ސަމާލުކަން ނުދިނުމެވެ.

މުސްލިމުން ބައިބައިކޮށް ނިކަމެތި ކުރުމަށް ކާފަރުން ޖެހި ހުރިހާ މަޅިއެއްގައި މުސްލިމުން ޖެހިފައި ވާއިރު، އިސްލާމީ އުއްމަތަކީ އެއް ހަށިގަނޑެއްގެ ގޮތުގައި ނަބިއްޔާ صلّى الله عليه وسلّم ވިދާޅުވި ޙަދީސް ބަސްފުޅަށް ކާފަރުން ފަސްއަޅާ ފޮރުވާލައި، އުއްމަތަކީ ޑިމޮކްރަސީ އާއި ޤައުމިއްޔަތު ކަމަށް ދެއްކި ދެއްކުން އިސްލާމީ ބާރުގަދަ ޤައުމުތަކާއި އެ ޤައުމުތަކުގެ ވެރިންނަށް މާ ކަމުދިޔައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިފަދަ ބާރުގަދަ މުސްއަނދި އިސްލާމީ ޤައުމުތަކުން ވަނީ ޑިމޮކްރަސީ ދިރުވައި އާލާކޮށް، ޤައުމިއްޔަތު ވަކިކޮށް، ވިދިގެން އޮންނަ އިސްލާމީ ޤައުމުގެ ތުއްތު ކުދިންނާ މުސްކުޅިން ބަނޑަށް މަރުވާއިރުވެސް އަޅާނުލާފައެވެ. އޭރު މިވެރިން އުކާލާ ކާބޯތަކެތި ޖަނަވާރުންނަށް ދޭއިރު ވެސް ސަލާންޖަހަން ހުންނަ މުސްލިމު އަޚާއަށް ދިއްކޮށްނުލަނީ އެއްޗެއް ދީފިނަމަ މާދަމާވެސް އަންނާނެ ކަމަށް ބުނެއެވެ. އެކަކަށް ދީފިއްޔާ އަނެކަކަށް ދޭންޖެހޭނެ ކަމަށް ބުނަމުންނެވެ.

ﷲ ގެ ރަޙުމަތުން ޢަރަބި އިސްލާމީ އެންމެ މުސްއަނދި އެއް ޤައުމު ކަމަށްވާ ކުވޭތުގައި ދުވަސްކޮޅަކު ހުރުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ. އެތަނުގެ އަހުލުވެރިންގެ ކޮއްތު ފެނިއްޖެނަމަ ތަލިން ކުޅުހިކި ސޮނިފައިބާހާ ވެއެވެ. ކޮންމެ އިރެއްގެ ކެއުމަށް ބޭނުންވާ ވަރަށްވުރެ 2 ގުނަ އިތުރަށް ކައްކާފައި ހުރެއެވެ. ގިނަވާބައި ވަގުތުން އުކާލައެވެ. އޭރު ޖެހިގެން އޮތް ސީރިޔާގެ ރެފިޔުޖީން ކުވޭތު ބޯޑަރު ކައިރީގައި ގަދަ ފިނީގައި ހައިހޫނު ކަންމަތީ އުޅެމުން ދެއެވެ. މިވެރިންނަށް ކަހެރުވަކެކޭވެސް ހީނުވެއެވެ.

ކޮންމެ އަކަސް މިފަދަ މުސްއަނދި އިސްލާމީ ޤައުމު ތަކުން ވަނީ ދުނިޔޭގެ އެންމެ މޮޅު ހަތިޔާރު ތަކާ އެއްޗެތި ގަނެ ރައްކާކޮށްފައެވެ. އަހަރުން އަހަރަށް އެ ތަކެތި ގުދަނުގައި ހުރެ މުސްދަތު ހަމަވުމުން އަނެއްކާވެސް ކާފަރުންނަށް ބިލިޔަނުން ޑޮލަރު ދީފައި އާކޮށްލައެވެ. މިއިން އެއްޗެއްގެ ބޭނުން ދުވަހަކުވެސް ހިފާހާ ނުވެއެވެ.

އިސްލާމީ ޤައުމެއް ކަމަށްވާ ސަޢޫދީ ޢަރަބިއްޔާ އިން ވަނީ މި ހަތިޔާރު ތަކުގެ އަޖުމަ ބަލާލަން ވިދިގެން އޮތް އިސްލާމީ ޤައުމު ޔަމަނަށް ޙަމަލާ ދީފައެވެ. މީގެންވެސް ދުޝްމަނުން މަރުވާ ކަމަކަށް ނުވެއެވެ. މަރުވާ މީހުންގެ ތެރޭގައި ގިނައީ ސުންނީ މުސްލިމު އަންހެނުންނާ ކުޑަކުދިންނެވެ.

ދުނިޔޭގެ މޮޅެތި ހަތިޔާރު ތަކާ ބޮޑެތި ލަޝްކަރުތައް މިވެރިންގެ އަތުގައި ކިތަންމެ ގިނަޔަސް އިސްލާމީ އުއްމަތުގެ ދިފާޢުގައި މިއިން ހަތިޔާރެއް އުފުލާލަން ކެރޭ މުސްލިމުންގެ ލަޝްކަރެއް ނެތެވެ. މިވެރިންގެ ހަތިޔާރުތައް އަބަދުވެސް ހުންނަނީ ތެޔޮލާ ފޮރުވާފައެވެ. މުއްދަތު ހަމަވުމުން އަނެއްކާވެސް ކާފަރުން އަތުން ހަތިޔާރު ގަނެލަ ގަނެލާ ތިބެންވީ އެވެ. އެހެން ޤައުމެއްގައި ހިނގާ ކަމަކާ މިވެރިންނަކާ ކިޔެއް ހެއްޔެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.