އިންޑިއާ އިން ރާއްޖެއަށް 2 ޓަނުގެ އޮއިލް ސްޕިލް ޑިސްޕާޝެންޓް ހަދިޔާކޮށްފި

އިންޑިއާ އަސްކަރިއްޔާއިން ދެ ޓަނުގެ އޮއިލް ސްޕިލް ޑިސްޕާޝެންޓް ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާ ކޮށްފި އެވެ.

އިންޑިއަން ނޭވީގެ މަނަވަރު، އައިއެންއެސް ސަމަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ފަރާތުން މި ތަކެތި އެމްއެންޑީއެފާއި ޙަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ، އެވެ. އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާއި ޙވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފްގެ ތަފާތު ދާއިރާތަކުގެ ތަރައްޤީއަށް އަބަދުވެސް އެހީވަމުން އަންނަ ކަމަށެވެ. އިންޑިއާގެ ސަފީރު ވިދާޅުވީ ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އެމްއެންޑީއެފްގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭނެ ކަމަށެވެ.

އިންޑިއަން ނޭވީ މަނަވަރު، އައިއެންއެސް ސަމަރު ރާއްޖެ އައިސްފައި މިވަނީ ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ސަވައިލަންސް އޮޕަރޭޝަންގައި ބައިވެރިވުމަށެވެ.

އޮއިލް ޑިސްޕާޝެންޓް އަކީ ކަނޑަށް އެޅޭ ތެލުގެ ސަބަބުން ކަނޑު ތަޣައްޔަރުވުން ހުއްޓުވުމަށް ބޭނުންކުރާ އާލާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.