
ޑަބަލް ޕެޓީ ޕިއްޒާ ބާގަރ އެއްތައްޔާރުކުރަން ބޭނުންވާ ތަކެތި
ތައްޔާރުކުރަން ބޭނުންވާ ތަކެތި:
- ކޭ އެންޑް އެން ބާގަރ ޕެޓީ (8 އާއި 10 އާ ދެމެދުގެ އަދަދަކަށް)
- ބާގަރ ބަން (4 ބަން)
- ޕިއްޒާ މިކްސްޗަރ (ބޭނުންވާ މިންވަރަށް)
- ހަލަޕީނިއޯ (ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ކޮށާފައި)
- ކަޅު އޮލިވްސް (ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ކޮށާފައި)
- ޗެޑަރ ޗީޒް (ބޭނުންވާ މިންވަރަށް – ގާނާފައި)
- ކެޗަޕް (ބޭނުންވާ މިންވަރަށް)
ތައްޔާރުކުރާނެ ގޮތް:
- ކޭ އެންޑް އެން ބާގަރ ޕެޓީތައް އޭގެ ޕެކެޓުގައިވާ އިރުޝާދާ އެއްގޮތަށް ތެލުލާށެވެ.
- ބާގަރ ބަންގެ ބޭސްގައި ޕިއްޒާ ސޯސް ހޭކުމަށްފަހު ތައްޔާރުކުރި ބާގަރ ޕެޓީއެއް އޭގެ މަތީގައި ބާއްވާށެވެ.
- ޕެޓީގެ މަތީގައި ޕިއްޒާ މިކްސްޗަރ، ހަލަޕީނިއޯ، އޮލިވްސް އަދި ޗީޒް އެޅުމަށްފަހު ދެވަނަ ޕެޓީ ބާއްވާށެވެ. އޭގެ މައްޗަށް ކެޗަޕް އެޅުމަށްފަހު ބާގަރ ބަންގެ މަތީ ބައިން ނިވާކޮށްލާށެވެ.
- ބާގަރގެ އެންމެ މައްޗަށް ސަމުސަލަކުން ޕިއްޒާ މިކްސްޗަރ އަދި ޗީޒް އެޅުމަށްފަހު، 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްފައިވާ އަވަނެއްގައި 3 ނުވަތަ 4 މިނެޓު ވަންދެން ފިހެލާށެވެ.
- އަވަނުން ނެގުމަށްފަހު ދެބަޔަށް ކޮށާލާށެވެ. މިހާރު ޑަބަލް ޕެޓީ ޕިއްޒާ ބާގަރ ހުންނާނީ ސާވްކުރަން ތައްޔާރުވެފައެވެ.
ޕިއްޒާ މިކްސްޗަރ ތައްޔާރުކުރަން ބޭނުންވާ ތަކެތި:
- ތެޔޮ (2 ސޫޕް ސަމުސާ)
- ލޮނުމެދު (2 ސައިސަމުސާ – ކޮށާފައި)
- ފިޔާ (1 ތަށި – ކޮށާފައި)
- ބެލް ޕެޕަރ (1 ތަށި – ކޮށާފައި)
- ކެރެޓް (1 ތަށި – ކޮށާފައި)
- ސްވީޓް ކޯން (ބައި ތަށި)
- ޕިއްޒާ ސޯސް (3 ސޫޕް ސަމުސާ)
- ޗިލީ ސޯސް (2 ސޫޕް ސަމުސާ)
- ކެޗަޕް (2 ސޫޕް ސަމުސާ)
- މިކްސްޑް ހާބްސް (1 ސައިސަމުސާ)
- ރަތް މިރުސް ފުއް (1 ސައިސަމުސާ)
- ލޮނު (ބައި ސައިސަމުސާ)
ތައްޔާރުކުރާނެ ގޮތް:
- ތަވައަކަށް ތެޔޮ އެޅުމަށްފަހު ލޮނުމެދުކޮޅު މީރުކޮށްލާށެވެ. އެއަށްފަހު ފިޔާ އަޅައި، ފިޔާކޮޅު މަޑުވަންދެން ކައްކާށެވެ.
- ބެލް ޕެޕަރ، ކެރެޓް އަދި ސްވީޓް ކޯން އެޅުމަށްފަހު މިނެޓެއްހާއިރު މީރުކޮށްލާށެވެ.
- ޕިއްޒާ ސޯސް، ޗިލީ ސޯސް އަދި ކެޗަޕް އެޅުމަށްފަހު އިތުރު މިނެޓަކު ކައްކާލާށެވެ. އެއަށްފަހު މިކްސްޑް ހާބްސް، ރަތް މިރުސް ފުއް އަދި ލޮނު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މިހާރު ޕިއްޒާ މިކްސްޗަރ ތައްޔާރުވީއެވެ.



