މިޞްރުގެ ދަރިކޮޅު އެމެރިކާގެ ކޮންގްރެސްއަށް

ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެޑިކަލް މިޝަންތަކުގައި މަސައްކަތް ކުރެއްވި މިޞްރުގެ ޑޮކްޓަރު އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވެއްޖެ އެވެ.

ނިއު ޖާޒީން އާދަމް ހަމަވީ ހޯއްދެވި މި ކާމިޔާބީއާއެކު އޭނާ ވެގެން ގޮސްފައިވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި އެ ސްޓޭޓް ތަމްސީލުކުރާ ފުރަތަމަ މުސްލިމް މެންބަރަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިޞްރަށް ނިސްބަތްވާ އެމެރިކާގެ ސާޖަން އާދަމް ހަމަވީ ނިއު ޖާޒީގެ 12 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ކާމިޔާބު ކުރެއްވީ އެމެރިކާގެ ސިޔާސީ މަޝްރަޙަށް އައި ބަދަލުތަކުގެ ތެރެއިންނެވެ.

މިއީ އެ ސްޓޭޓުން މުސްލިމް އަދި މިޞްރު ދަރިކޮޅުގެ ބޭފުޅަކު ކޮންގްރެސްއަށް އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

އަންގާރަ ދުވަހު ބޭއްވި މިޑްޓާމް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ޣައްޒާގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާފަ އެވެ.

”ޣައްޒާއާއި ފަލަސްޠީނުގެ ފިރިހެނުންނާއި އަންހެނުންނާއި އަދި ކުޑަކުދިންނަށް ދަންނަވަން. ތިޔަބައިމީހުންގެ ހިނިތުންވުމަކީ މިއަށްވުރެ ރަނގަޅު ދުނިޔެއަކަށްޓަކައި މަސައްކަތް ކުރުމަށް އަހަރެންނަށް ލިބޭ ހިތްވަރެއް އަދި އުންމީދެއް،“ އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީއަށެވެ.

އެއީ 218 ގޮނޑިއާއެކުގައެވެ. ނަމަވެސް އެމް.އެސް ނައު އިން ލަފާކުރާ ގޮތުގައި އަންނަ ޖެނުއަރީ މަހު މަޖިލިސް ފެށޭއިރު ހަމަވީ ހިމެނޭހެން ޑިމޮކްރެޓިކް ޕާޓީން 250 ގޮނޑި ކާމިޔާބުކޮށް ބޮޑު އަޣުލަބިއްޔަތެއް ހޯދާނެ އެވެ.

ނިއު ޖާޒީގެ ޕްރިންސްޓަންގައި ބޭއްވި ހަފުލާގައި ހަމަވީ ވިދާޅުވީ އޭނާ ހުންނެވީ މަސައްކަތަށް ތައްޔާރަށް ކަމަށާއި ޑޮނަލްޑް ޓްރަމްޕް ޖަވާބުދާރީ ކުރުވާނެ ކަމަށް ވަޢުދުވެވަޑައިގަންނަވާ ކަމަށެވެ.

”އަހަރެންނަކީ ސާޖަނެއް. އަހަރެން މި ބުނަނީ އަހަރެމެން މި ލޭއޮހޮރުވުން ހުއްޓުވާނަން. ވޮޝިންގްޓަންގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރަމުން އައި ނިޒާމުގެ ތެރެއިން އަޅާނުލެވި ދޫކޮށްލެވިފައިވާ ކޮންމެ އެމެރިކާ ރައްޔިތެއްގެ ޙައްޤުގައި އަހަރެމެން މަސައްކަތް ކުރާނަން،“ އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ތެރޭގައި އޮތީ ވަރަށް ބޮޑު އެއްބައިވަންތަކަމެކެވެ. ކޮންގްރެސްގެ މެންބަރު ބޮނީ ވަޓްސަން ކޮލްމަން ވަނީ ހަމަވީއަށް މަރުޙަބާ ދަންނަވައި ސްޓޭޖަށް ތަޢާރަފުކޮށްދެއްވާފަ އެވެ. އަދި ”ޖޫސް ފޯ ހަމަވީ“ (ހަމަވީއަށް ޔަހޫދީންގެ ތާއީދު) ލިޔެފައިވާ ބޯޑުތައް ހިފައިގެން ”ޖެވިޝް ވޮއިސް ފޯ ޕީސް“ ގެ މެންބަރުން އެތަނުގައި ތިއްބެވެ.

ނަމަވެސް އެ ފެނިގެންދިޔަ އެއްބައިވަންތަކަމާ ޚިލާފަށް ކެމްޕޭންގެ ތެރޭގައި ހަމަވީއަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

”މުސްލިމުންނާ ދެކޮޅު ނަފުރަތު މިހާ ފާޅުކަން ބޮޑު ގޮތެއްގައި އަދި މިހާ ބާރަށް އަދި ބަލައިގަނެވޭ ކަމެއްގެ ގޮތުގައި އޮތް ތަނެއް އަހަރެން ދުވަހަކުވެސް ނުދެކެން. މިއީ ހަމައެކަނި ނިއު ޖާޒީއަކު ނޫން މުޅި ޤައުމުގައި އޮތް ހާލަތު. މިއީ އަބަދުވެސް އޮންނަ ކަމެއް ނަމަވެސް މިހާރު މިވަނީ ފާޅުކަން ބޮޑު، ހުއްދަ ދެވިފައިވާ، އަދި ނުރައްކާތެރި ކަމަކަށް ވެފައި. މިކަމުގެ އަމާޒަކަށް އަހަރެންގެ ޢާއިލާއާއި އެކުގައި މަސައްކަތްކުރާ މީހުންނާއި ރައްޓެހިން ވެއްޖެ. އަހަރެންގެ ވަފާތެރިކަމާއި ޤައުމީ ލޯތްބާ މެދުވެސް ވަނީ ސުވާލު އުފައްދާފައި،“ ހަމަވީ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.