އިސްރާއީލުން މޫސާދުގެ ލޯގޯ ޖެހި ރަސްމީ ވީޑިއޯއެއް އާންމުކުރި ގަސްތުގައި – ބަރްނިއާ

އީރާނުގައި ހަރަކާތްތެރިވި މޫސާދު އެޖެންޓުން ސަލާމަތްކުރުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމަށް މަގުފަހިވާނެހެން އިސްރާއީލުން ގަސްދުގައި އެ ޤައުމުގެ އޮޕަރޭޝަންތަކުގެ ވީޑިއޯ އާންމުކުރި ކަމަށް މޫސާދުގެ ކުރީގެ ވެރިޔާ ޑޭވިޑް ބަރްނިއާ ހާމަކުރައްވައިފި އެވެ.

ބަރްނިއާ ވިދާޅުވި ގޮތުގައި 2025 ޖޫން މަހުގެ ހަނގުރާމައިގެ ތެރޭގައި މޫސާދުން ވީޑިއޯ އާންމުކުރީ އީރާނުގެ ތަޙްޤީޤް އިދާރާތަކަށް އޮޅުވާލައި މަސައްކަތްތަކަށް ބުރޫއަރުވައި އާންމު ރައްޔިތުންނާއި އަސްލު އެޖެންޓުން ވަކިކުރަން އީރާނަށް ދަތިކުރުމުގެ މަގްސަދުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”އޮޕަރޭޝަން ރައިޒިންގ ލަޔަން ފެށި ދުވަހުގެ ހެނދުނު މޫސާދުގެ ލޯގޯ ޖަހާފައިވާ ރަސްމީ ވީޑިއޯއެއް ވަގުތުން އާންމުކުރި އެއް ސަބަބަކީ އެތަނުގައި ތިބި އެޖެންޓުން ހިމާޔަތްކުރުން،“ – ބަރްނިއާ.

އޭނާ އިތުރަށް ވިދާޅުވީ މި ވީޑިއޯ އާންމުކުރުމަކީ ހަމައެކަނި މޫސާދުގެ ބާރު ދައްކާލުމެއް ނޫން ކަމަށާއި އެއީ އީރާނުގެ އިންޓެލިޖެންސް އިދާރާތައް ހާސްކޮށްލުމަށް ރޭވި ރޭވުމެއް ކަމަށެވެ.

މީގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އަސްލު އެޖެންޓުން ދެނެގަތުން އީރާނަށް އުނދަގޫވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

”އަހަރެމެން ބޭނުންވީ އީރާނުން ގިނަބަޔަކު ހައްޔަރުކުރުވާން. އޭރުން ރަނގަޅު މީހުންނާއި ނުބައި މީހުން ވަކިކުރަން ނޭނގި، އެންމެ ފަހުން އެންމެން ދޫކޮށްލަން ޖެހޭނެތީ،“ އޭނާ ވިދާޅުވި އެވެ.

ބަރްނިއާ ހާމަކުރެއްވި ގޮތުގައި އެ އޮޕަރޭޝަންގެ ތެރޭގައި އީރާނުން 21،000 މީހުން ހައްޔަރުކުރި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރުމުން އޭގެ ތެރޭގައި އެޖެންޓަކު ހުއްޓަސް އެންމެންގެ ވާހަކަ އެއްގޮތްވުމުން (މިސާލަކަށް މަގުމަތިން ހިނގާފައި ދަނިކޮށް ނުވަތަ ކާރު ދުއްވަނިކޮށް ހައްޔަރުކުރީ ކަމަށް ބުނުން) އެންމެ ފަހުން އެ އެޖެންޓުންވެސް ދޫކޮށްލަން މަޖުބޫރުވާނެ އެވެ.

މީގެ އިތުރުން އިސްރާއީލަށް މަސައްކަތްކޮށްދޭ ކަމުގެ ތުހުމަތުގައި އީރާނުން ހައްޔަރުކުރި ނުވަތަ މަރަން ހުކުމްކުރި ގިނަ މީހުންނަކީ މޫސާދާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން ކަމަށްވެސް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

”އިސްރާއީލުގެ އެޖެންޓުން ކަމަށް ބުނެ އީރާނުގައި ދަންޖައްސަމުންދާ ބައެއް މީހުންނަކީ ކޮންބައެއްތޯ އަހަރެން ސުވާލުކުރިން. އަހަރެމެންގެ މީހުން ބުނަނީ އެއީ ކޮންބައެއްކަން އެމީހުންނަށްވެސް ނޭނގޭ ކަމަށް،“ ބަރްނިއާ ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި މަރަން ހުކުމްކުރި ބައެއް މީހުންނަކީ މޫސާދަށް ނުވަތަ އެހެން އެއްވެސް ޖާސޫސީ އިދާރާއަކަށް ދުވަހަކުވެސް މަސައްކަތްކޮށްފައި ނުވާ ނަސީބުދެރަ އާންމު ރައްޔިތުންނެވެ.

މިދިޔަ އޮކްޓޯބަރު 22 ގައި ބޭއްވި ’ޕްރިއޮރިޓީ ސަމިޓް‘ ގައި ބަރްނިއާ ދެއްކެވި މި ވާހަކަތަކާ ގުޅިގެން ކުއިންސީ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ތުރީތާ ފާސީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ފާސީ ވިދާޅުވި ގޮތުގައި މިއީ މޫސާދުގެ އެޖެންޓުން ސަލާމަތްކުރުމަށްޓަކައި އީރާނުގެ އާންމު ރައްޔިތުން ”ހަތިޔާރެއްގެ“ ގޮތުގައި އިސްރާއީލުން ބޭނުންކުރިކަމަށް ވީ އިއުތިރާފެކެވެ.

”އިސްރާއީލުން މިނިވަންކޮށްދޭން އުޅޭ ކަމަށް ދައުވާކުރާ އެތައް ހާސް ބަޔަކު އެއްވެސް ފަރުވާލެއް ނެތް ގޮތެއްގައި ގަސްދުގައި ނުރައްކަލުގެ ތެރެއަށް ހުށަހެޅިކަން މިއަށްވުރެ ސާފުކޮށް ހާމަވާނެ ދަނޑިވަޅެއް މަދުވާނެ،“ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާސީ ލިޔުއްވާފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.