އުރުދުން އަކީ މުސްލިމުންނާއި ނަޞާރާ އިންގެ ނަމޫނާ ޤައުމެއް – މުޙައްމަދު އަލްޚަލައިލާ

އުރުދުން އަކީ މުސްލިމުންނާއި ނަޞާރާ އިންގެ އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ނަމޫނާއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އެޤައުމުގެ މިނިސްޓަރ އޮފް އަައުޤާފް ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރުތަކާއި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ އެއްވެސް ގުޅުމެއް ނެތްކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުރުދުންގެ މިނިސްޓަރ އޮފް އަައުޤާފް އިސްލާމިކް އެފެއާޒް އެންޑް ހޯލީ ސައިޓްސް މުޙައްމަދު އަލްޚަލައިލާ ވިދާޅުވީ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމާއި ހަރުކަށި ފިކުރުތަކަށް ފުރުޞަތު ނުދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އުރުދުންއަކީ މުސްލިމުންނާއި ނަޞާރާއިން ސުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ރީތި ނަމޫނާއެއް ދައްކައިދޭ ޤައުމެއްގެ ގޮތުގައި އަބަދުވެސް އޮންނާނެ ކަމަށެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލްޚަލައިލާ ވިދާޅުވީ އުރުދުންގެ މުސްލިމުންނާއި ނަޞާރާއިންނަކީ އެކަކު އަނެކަކަށް އެހީތެރިވެދޭ ޤައުމު ހިމާޔަތްކުރުމުގައި އެއްގަލަކަށް އަރާފައިވާ ބައެއް ކަމަށެވެ.

އުރުދުންގެ ސަލާމަތާއި ހަމަޖެހުމާއި ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ހުރިހާ ރައްޔިތުންގެ ޒިންމާއެއްކަން ފާހަގަކުރައްވައި މުޖުތަމަޢުގެ ބަދަހިކަން ނަގާލުމަށް މަސައްކަތްކުރާ ހަރުކަށި ފިކުރުތަކަށް ސަމާލުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

މީގެއިތުރުން ހަރުކަށި ޖަމާޢަތްތަކާއި އިސްލާމްދީނުގެ ޙަޤީޤީ އުޞޫލުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމްދީނަކީ އިންސާނާގެ ފުރާނައާއި ކަރާމާތް ހިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ އޯގާތެރިކަމާއި ކެތްތެރިކަމާއި އަދި ޢަދުލުވެރިކަމުގެ ދީނެއްކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

ޤައުމުގެ އަމާންކަމާއި ހަމަޖެހުމަކީ ރައްކާތެރިކުރަންޖެހޭ މަތިވެރި ނިޢުމަތްތަކެއް ކަމަށާއި މި ނިޢުމަތްތައް ލިބިފައިވަނީ ހާޝިމީ ރަސްކަމުގެ ހަރުދަނާ ލީޑަޝިޕާއި އުރުދުންގެ އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކުން ވަމުންދާ ޤުރުބާނީތަކުގެ ސަބަބުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ދީނީ އަގުތަކަށް އިޙްތިރާމްކުރާ އޯގާތެރި އަދި އެކުވެރި ޖީލެއް ބިނާކުރުމުގައި މިސްކިތްތަކުން އަދާކުރާ ތަޢުލީމީ އަދި އިރުޝާދީ ދައުރުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.