ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުން ހުށަހެޅި ”ބަލައިނުގަނެވޭނެ“ ހުށަހެޅުމަކަށް އީރާނުން ދެކޮޅުހަދައިފި

އެމެރިކާއާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުން ހުށަހެޅި ”ބަލައިނުގަނެވޭނެ“ ހުށަހެޅުމަކަށް އީރާނުން ދެކޮޅުހަދައިފި އެވެ.

އިސްރާއީލުގެ އިންތިޚާބަށްފަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދީފާނެ ހަމަލާތަކެއްގެ ބިރުވެރިކަން ބޮޑުވެފައިވާއިރު ނިއުކްލިއަރ މައްސަލައިގައި ތެހެރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް ބަދަލެއް ނުގެންނާނެ ކަމަށް އެޤައުމުން ވަނީ ހާމަކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާއިން އިސްވެ އޮވެ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުން ހުށަހެޅި ހުށަހެޅުންތަކަކީ ”ބަލައިގަނެވޭނެ“ ކަންތައްތަކެއް ނޫން ކަމަށް ބުނެ އީރާނުން ވަނީ އެކަން ބޭރުކޮށްލާފަ އެވެ.

އަށް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަރުލާ، ޤަޠަރުން އީރާނުގެ މަޝްވަރާވެރިންނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ނަމަވެސް އީރާނުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ ޤަޠަރުން ހުށަހެޅި ކަންތައްތަކަށް އީރާނުން އެއްބަސްނުވާނެ ކަމަށާއި ވަކިން ޚާއްޞަކޮށް ނިއުކްލިއަރ މައްސަލައިގައި އީރާނުން އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް މިމަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު ދަށްކުރަންޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށާއި ދާޚިލީ ބޭނުންތަކަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ވަރަށް އަވަހަށް އަލުން ފަށައިފާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ވަކިން ޚާއްޞަކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އީރާނަށް އާ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުތައް ދަނީ ތަކުރާރުކޮށް ދެމުންނެވެ.

ވޯޓުގެ 77 އިންސައްތަ ގުނާ ނިމުނުއިރު ނަތަންޔާހޫގެ އިއްތިހާދު އުޅެނީ އިސްރާއީލުގެ ބަރުލަމާނުގެ ކުރީގަ އެވެ.

އާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ބުދަ ދުވަހު ފެށިގެން ދިޔައިރު އީރާނުގެ ފަރާތުން ކުރިމަތިވެފައިވާ ”ނުރައްކާ“ ނައްތާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަސައްކަތް ކުރައްވާނެ ކަމަށް ނަތަންޔާހޫ ވަނީ އިއުލާނު ކޮށްފަ އެވެ.

ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ ގަޑީ އައިޒެންކޮޓް ވެސް ވަނީ އީރާނަށް އިގްތިސާދީ ގޮތުން ދަތިކުރުމާއެކު އަސްކަރީ ހަމަލާތައް ދިނުމަށް ތާއީދުކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.