
ދިރާގުޕޭއިން ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކައިގެން 1 މަސްދުވަހުގެ ކުލި މުޅިން ހިލޭ ހޯދުމުގެ ފުރުސަތު
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަން 31 ޑިސެންބަރު 2026 ގެ ނިޔަލަށް ކުރިއަށްދާއިރު، ކޮންމެ މަހަކުވެސް ގުރުއަތުން ހޮވޭ ދެ ނަސީބުވެރި ފަރާތަކަށް 1 މަހުގެ ކުލި މުޅިން ހިލޭ ލިބިގެންދާނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ކުލި، ދިރާގުޕޭ މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ދައްކާލެވޭނެއެވެ. މިގޮތުން، ފަހި ޕޯޓަލްއިން ކުލި ދެއްކުމަށް ފިތާލުމަށްފަހު ދިރާގުޕޭ ޚިޔާރު ކުރެވޭނެއެވެ. އަދި މޮބައިލް ނަންބަރު ޖަހައި ޕޭމަންޓް ރިކުއެސްޓް ފުރިހަމަކޮށްލުމުން، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކުލި ދެއްކިގެންދާނެއެވެ. އަދި މީގެ އިތުރުން، އަލަށް ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށްވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ފްލެޓުގެ ކުލި ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.



