ހުކުރަށް ދިއުމުގެ ކުރިން ހިނައިގަތުން: ދޫކޮށްލާވަރު ކަމެއް ނޫން

عَبْدَ اللَّهِ بْنَ عُمَرَ رَضي اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ”إذا جَاءَ أَحَدُكُمُ الْجُمُعَةَ فَلْيَغْتَسِلْ“

ޞަޙީހް ބުޚާރީ: 877

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މާނައީ:

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވި އެވެ. ރަސޫލ صلى الله عليه وسلم حديث ކުރެއްވި އެވެ.  “ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރުނަމާދަށް ދާކަމުގައި ވާނަމަ ފަހެ ހިނައިގަންނަ ހުށިކަމެވެ.”

މިޙަދީޘުން، ހުކުރު ދުވަހު، ހުކުރު ނަމާދަށް ދިޔުމުގެ ކުރިން ހިނައިގަތުމަށް ރަސޫލާ صلى الله عليه وسلم އަމުރުކުރައްވާފައިވާ ކަމާއި އެކަމަށް ރަސޫލާ صلى الله عليه وسلم ބާރުއަޅުއްވާފައިވާ މިންވަރު އެނގިގެން ދެއެވެ.

ހުކުރު ދުވަހު ހުކުރަށް ދިޔުމަށް ހިނައިގަތުމުގެ ޙުކުމާާބެހޭގޮތުން، މިއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ ވަނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފަ އެވެ.

ޖުމްހޫރު ޢިލްމުވެރިން އެއީ ސުންނަތެއްކަމަށް ވިދާޅުވާއިރު ބައެއް ޢިލްމުވެރިން ދެކިލައްވަނީ އެއީ ވާޖިބެއްކަމުގަ އެވެ.

މިކަމަކަމަށް މިހާ ބޮޑަށް ބަހުސް ކުރެވުމުން ދޭހަވަނީ މިކަމަކީ ފަރުވާކުޑަ ކުރުރުން ނުވަތަ ކަމަކަށް ނުހަދާ ދޫކޮށްލެވޭ ވަރު ކަމެއް ނޫކަމެވެ. އެހެންކަމުން ބައެއްޢިލްމުވެރިންގެ ރައުޔަށް ބަލާލާނަމެވެ.

އިމާމު އައްޞަންޢާނީ ރަހިމަހުﷲ ސުބުލުއްސަލާމްގައި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެ އެވެ.

“ފަހެ މުއުމިނުންނަށް ރައްކާތެރިވެގެންވަނީ ހުކުރު ދުވަހުގެ ހިނައިގަތުން ދޫނުކުރުމެވެ.”

ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ ފަތާވާ ނޫރު ޢަލައް ދަރްބް ސުވާލުކުރެވުމުން ވިދާޅުވެފައިވެ އެވެ.

” ހުކުރު ދުވަހު ހިނަގއިގަތުމަކީ ވާޖިބެކެވެ.”

އިމާމު ޝައުކާނީ ރަޙިމަހުﷲ ނައިލުލް އައުތާރުގައި ވިދާޅުވެފައިވެ އެވެ.

”ހުކުރު ދުވަހު ހިނައިގަތުމަކީ ވާޖިބެއްކަމަށް އައިސްފައިވާ ޙަދީޘްތައް ވާޖިބެއްނޫންކަމަށް ދަލީލުކުރާ ޙަދީޘްތަކަށްވުރެ ރާޖިޙުކަން (ވަރުގަދަ) ކަން ބޮޑެވެ.”

ހިނައިގަންނާނީ ކޮން ވަޤުތަކު؟

ޝެއިޚު އިބުނު އުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ރަނގަޅުކަން ބޮޑުވެގެންވާ ބަހަކީ ނުވަތަ ބުނުމަކީ ހިނައިގަންނަން ޖެހޭނީ އިރުއެރުމަށްފަހުގަ އެވެ. އަދި އެންމެ މޮޅު އިތުރުވެގެންވަނީ މިސްކިތަށް ދާންވުމުން ހިނައިގަތުމެވެ.”

  1. ހިނައިގަންނާނީ ކިހިނެތް؟

ހިނައިގަތުން އެއީ ވަރަށް ބޮޑު އުނދަގުލަކަށް ބައެއް މީހުން ހަދަ އެވެ.

ނަމަވެސް ޢާންމުކޮށް ހިނައިގަންނަ އުޞުލުން ހިނައިގަތުން ފުދޭނެ އެވެ. އެގޮތަކީ ފުރަތމަ ނިޔަތް ގަތުން، ދެން މުޅި ހަށީގަނޑުގައި ފެން ޖެއްސުމެވެ. ދެން އެޔަށްފަހު ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫޢޫކޮށްލާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.