ރާއްޖޭގެ ފަސްޓްލޭޑީ ޕާކިސްތާނުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެކަމަނާ މިއިންސްޓިޓިއުޓަށް ޒިޔާރަތްކުރެއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ޤައުމަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ސިއްޙީ ދާއިރާއިން އެ އިންސްޓިޓިއުޓުން ކުރަމުން އަންނަ ދިރާސާތައްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފަ އެވެ.

ޕާކިސްތާނުގެ ހެލްތު އިންސްޓިޓިއުޓަކީ، އެ ޤައުމުގެ ސިއްޙީ ދާއިރާގެ އެންމެ އިސް މުއައްސަސާއެވެ. 1965ގައި ހުޅުވި މި މަރުކަޒުގައި އެ ޤައުމުގައި ބަލިތައް ފެތުރޭ މިންވަރު ބެލުމާއި، ވެކްސިން އުފެއްދުމާއި، ބަލިތައް ދެނެގަތުމުގެ ޚިދުމަތް ދިނުމާއި، ޞިއްޙީ ދާއިރާއިން ދިރާސާކުރުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.