ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ސިވިލް އަންހެން މުވައްޒަފުންނަށް ފޯރަމެއް ބާއްވައިފި

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ސިވިލް އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ފޯރަމަކީ، މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިން އިންތިޒާމުކޮށްގެން ބޭއްވި ފޯރަމެކެވެ.

މި ފޯރަމްގައި، ސިވިލް މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫހާއި، މުއައްސަސާއަށް އޮންނަ ލޯތްބާއި، ފަންނީ ހުނަރުވެރިކަން ކުރިއެރުވުމަށް ބާރުއަޅާފައިވެއެވެ. އަދި މި ޚިދުމަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ސިވިލް މުވައްޒަފުންގެ ހުނަރުގެ ބޭނުންތެރިކަން ހާމަކޮށްދީ، ފަންނީ ކުރިއެރުމަށް ހުރި ފުރުސަތުތައް ފުޅާކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ ހުރަސްތަކާއި، މަސައްކަތު މާހައުލު އިތުރަށް ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ފޯރަމްގައި ގެސްޓް ލެކްޗަރަރ އެއްގެ ގޮތުގައި، ހޯޕް ފޯ ވިމެންގެ ވައިސް ޗެއަރ ޕާސަން ޢާއިޝަތު ޙުސައިން ޝިހާބު “މަސައްކަތު މާހައުލުގައި ކުރިމަތިވާ ނަފުސާނީ ބުރަ” މައުލޫގެ ދަށުން އަގުހުރި މައުލޫމާތުތަކެއް ދެއްވިއެވެ. އަދި މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް “ދުޅަހެޔޮ މަސައްކަތު މާހައުލަކަށް ބޭނުންވާ ސުލޫކުތައް” މައުލޫގެ ދަށުން، ވިމެން އިން ޕޮލިސިންގ ކޮމެޓީގެ ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ޙަސަން މައުލޫމާތު ދެއްވިއެވެ.

40 މުވައްޒަފުން ބައިވެރިވި މި ފޯރަމަކީ އަންހެން މުވައްޒަފުންގެ ތަޖުރިބާ ހިއްސާކޮށް އަދި ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެ ކަންކަން ހައްލުކުރުމަށް ހުޅުވައިލެވުނު ފުރުސަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.