އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒު ކުރުމަށް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަން ފަށަނީ

ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަން ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފިއެވެ.

މިނިސްޓްރީން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން، މި ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ތަންފީޒީ އިދާރާތަކުން ޚާއްޞަ އެޕްލިކޭޝަންތަކާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށާނީ މި އިޢުލާނު ޝާއިޢުކުރާތާ 7 ދުވަހުގެ ފަހުންނެވެ. އެހެންކަމުން އެންމެހައި ފަރާތްތަކުން ޤާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނިޒާމުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރިއަށް ގެންދާއިރު، ފިޔަވަޅު އެޅޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، ސީދާ އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، އިޢުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މި އުޞޫލުގެ ދަށުން، މާލެއާއި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުޙަލާގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ:

·      ހޮސްޕިޓަލް އަދި ސްކޫލް ސަރަހައްދުތައް

·      ކަފިހި ހުރަސްތައް

·      ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޕާކިންގ ސްލޮޓްތައް

·      މާލޭގެ މައި މަގުތައް: މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް)

·      ހުޅުމާލެ ފޭސް 1: ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، އަދި ރީތިގަސް މަގު

·      ހުޅުމާލެ ފޭސް 2: ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، އަދި ހިތިގަސް މަގު

މިނިސްޓްރީން ވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، އާންމު ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، އެކަމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.