ޖާނަލް ޤުރްއާނިކް ސްޓަޑީޒް 01

ކީރިތި ޤުރްއާން ދިރާސާކޮށް ފިކުރު ހިންގުމަށް ފަސޭހަ މަގެއް.

ޖާނަލް ޤުރްއާނިކް ސްޓަޑީޒް އަކީ ކީރިތި ޤުރްއާން އުނގެނެމުންދާއިރު ނޯޓުފޮތެއްގައި ލިޔުމެވެ.

މީގެ ތެރޭގައި އާޔަތާއި، އޭގެ މާނައާއި، އުފެދޭ ސުވާލުތަކާއި، ލިބިގަންނަ ފިލާވަޅެއްގެ އިތުރުން އަމަލީ ގޮތުން ކުރާނެ ކަމެއް ނޯޓުކުރުން ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ ހަމައެކަނި ކިޔަވާލުމުގެ ބަދަލުގައި، އާޔަތްތައް ދެނެގަނެ ފުންކޮށް ވިސްނުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އަދި މިއީ ކޮންމެ ދުވަހަކުވެސް ތަކުރާރުކުރެވިދާނެ ފަސޭހަ މަގުދައްކައިދޭ އުސޫލެކެވެ.

ރަބީޢުލް އައްވަލް، ރަމަޟާން ފަދަ މާތް މަސްތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކީރިތި ޤުރްއާނާ ގުޅުން ބަދަހިކުރަން ބޭނުންވާ ދުވަސްވަރެކެވެ.

ޖާނަލްއެއް ގެންގުޅުމަކީ އެ މަސް ނިމުމަށްފަހުވެސް އެ ރޫޙު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ތިރީގައި މިވަނީ މިކަން ފަށާނެ ގޮތާއި، ލިޔާނެ ބައިތަކާއި، އާޔަތެއް ދިރާސާކުރާނެ ގޮތާއި، އަމަލީ ބައެއް ޚިޔާލުތަކުގެ އިތުރުން ކޮންމެ ދުވަހަކު އަމަލުކުރެވިދާނެ ތާވަލެކެވެ.

ޖާނަލް ޤުރްއާނިކް ސްޓަޑީޒް އަކީ ކޮބާ؟
މިއީ ޤުރްއާނުން އުނގެނޭ ކަންތައްތައް ލިޔެ ބެލެހެއްޓުމުގެ އާދައެކެވެ. މީގެ ސަބަބުން ހަމައެކަނި ބަސްތައް ކިޔަވާލުމުގެ ބަދަލުގައި، އެ ބަސްތަކުގެ މާނަ ދެނެގަނެ އަމަލީ މައިދާނުގައި ބޭނުންކުރުމަށް ބާރުއަޅައެވެ.

ކީރިތި ޤުރްއާން ކިޔެވުމަކީ ބަސްތައް ރަނގަޅަށް ކިޔުމެވެ. ދިރާސާކުރުމަކީ އޭގެ މާނައާ މެދު ސުވާލު އުފެއްދުމެވެ.

ޖާނަލް ކުރުމުން މީގެ އިތުރު މަރުޙަލާއެއް އިތުރުވެގެންދެ އެވެ. އެއީ ތިމާއަށް ދޭހަވި މާނައާއި ކުރާނެ އަމަލު ލިޔުމެވެ.

މީގެ މުހިންމުކަން ބޮޑީ، މީސްތަކުން ޤުރްއާނާ މެދު ފުންކޮށް ފިކުރު ނުކުރަނީތޯ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާތީއެވެ.

ގަލަމެއްގެ އެހީގައި މިކަން ކުރުމުން ވިސްނުން މަޑުޖައްސާލައި، ފުންކޮށް ފިކުރުކުރުމަށް ފުރުސަތު ލިބެއެވެ.

ޤުރުއާނާ މެދު ފިކުރު ހިންގިދާނެ ގޮތުގެ ކުޑަ މިސާލެއް:

  • އާޔަތް: މިއަދު އިޚްތިޔާރުކުރި އާޔަތް.
  • މީގެ މާނައަކީ ކޮބާ؟: އަމިއްލަ ސާދާ ބަހުން މާނަ ލިޔުން.
  • މީގެން ލިބޭ ފިލާވަޅަކީ ކޮބާ؟: އެއް ފިލާވަޅު ނޯޓުކުރުން.
  • ބަދަލުކުރެވޭނީ ކޮން ކަމެއް؟: އަމަލީ ގޮތުން ކުރެވިދާނެ އެއް ކަންތައް.

އެވަރުން ފުދޭނެއެވެ. މިފަދަ ނޯޓެއް ތައްޔާރުކުރުމަށް ހޭދަވާނީ ގާތްގަނޑަކަށް ފަސް މިނެޓެވެ. މީގައި މޮޅު ބަސްތަކެއް ނުވަތަ ރީތި އަތުލިޔުމެއް އޮތުން މުހިންމެއް ނޫނެވެ.

ޖާނަލްއެއް ބޭނުންކޮށްގެން ޤުރްއާން ދިރާސާކުރާނެ ގޮތް.

ނުނިމޭ…

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.