ހުކުރު ދުވަހަށް މިނަން ދެވުނީ ކީއްވެ؟

ޔަމަނުގެ މަޝްހޫރު ޞަޙާބީ އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ރިވާކުރައްވާފައިވާ ގޮތުގައި، ހުކުރު ދުވަހަށް ’ޖުމުޢާ‘ ގެ ނަން ދެވުނު ސަބަބާ ބެހޭގޮތުން ރަސޫލާ ﷺ އާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވި އެވެ.

”އެއީ ތިޔަބައިމީހުންގެ ބަފައިކަލުން އާދަމްގެފާނު އުފެއްދެވި މަށިގަނޑު މޮޑެވި ބައްޓަންކުރެވުނީ އެދުވަހު ކަމަށްވާތީ އެވެ. އަދި ތާޅަފިލި ފުމެލެއްވުމާއި (ޤިޔާމަތް ދުވަހު)، މީސްތަކުން އަލުން ދިރުއްވުމާއި، (ކާފިރުންގެ މައްޗަށްވާ) ގަދަފަދަ ހިފުމެއްވާނީވެސް އެދުވަހުގަ އެވެ. އަދި އެދުވަހުގެ ފަހު ތިން ގަޑިއިރުގެ ތެރޭގައި، އެވަގުތެއްގައި ﷲ އަށް ދުޢާކޮށްފި މީހެއްގެ ދުޢާ އިޖާބަކުރައްވާނޭ ވަގުތެއްވެއެވެ.“ [އަޙްމަދު]

މި ޙަދީޘުން ބަރަކާތްތެރި ހުކުރު ދުވަހުގެ ޚާއްޞަ މާތްކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްދެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންކަމުން، މި ހުކުރު ދުވަހު އަޅުގަނޑުމެންގެ ވެރި ރަސްކަލާނގެ ރަޙްމަތުގެ ފުރުޞަތުތަކުގެ ބޭނުން ހިފަމާ ހިނގާށެވެ!

އެގޮތުން، ﷲ ގެ ވަޖުހުފުޅަށްޓަކައި ޞަދަޤާތެއް ދިނުމުން މިކަން ފެށިދާނެ އެވެ.

މި ބަރަކާތްތެރި ހުކުރު ދުވަހު އަޅުގަނޑުމެން ކުރާ މަސައްކަތްތައް ﷲ ޤަބޫލުކުރެއްވުން އެދި ދުޢާކުރަމެވެ. އާމީން!

ގިނަ މީހުން ހުކުރު ދުވަސްތައް އެއްވެސް ފަރުވާލެއް ނެތިދުވަސް ނިންމާލަ އެވެ.

ހަފުތާއަކަށްފަހު ހަފުތާއެކެވެ. އަހަރަކަށްފަހު އަހަރެކެވެ. އެއަށްފަހު، އެމީހުންގެ ރޫޙާނީ ދިރުން ކުޑަވަނީ ކީއްވެގެންތޯ ހިތާ ސުވާލުކުރެ އެވެ.

އިސްލާމްދީނުގައި ހުކުރު ދުވަހުގެ ބަރަކާތަކީ ހަމައެކަނި ޢިލްމުވެރިންނަށް ނުވަތަ ޚާއްޞަ ތަޤުވާވެރިންނަށް އެކަނި އޮތް އެއްޗެއް ނޫނެވެ.

އެއީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކެއްކުމުގެ މަސައްކަތުގައި އުޅެމުން، ވަރުބަލިކަމާއެކުވެސް ދުޢާކުރާ މައިންނަށްޓަކައިވެސް އޮތް ބަރަކާތެކެވެ.

ބަހުގައި ދަތުރުކުރަމުން ސޫރަތުލް ކަހްފު ކިޔަވާ ދަރިވަރުންނަށާއި، އިޚްލާޞްތެރި ހިތަކާއެކު ކުޑަ މިންވަރެއްގެ ޞަދަޤާތެއް ދޭ އަޚުންނަށްޓަކައިވެސް އޮތް ބަރަކާތެކެވެ.

ތިޔައީ ފުރިހަމަ މީހަކަށް ވާކަށް ނުޖެހެ އެވެ. ހަމައެކަނި ބޭނުންވަނީ ފެށުމެކެވެ.

ހުކުރު ދުވަހުގެ އުފެއްދުންތެރި އާދަތަކަކީ ބުރައެއް ނޫނެވެ. އެއީ ކޮންމެ ހަފުތާއަކުވެސް ތިޔަބައިމީހުންނަށްޓަކައި ﷲ މިންވަރުކުރައްވާފައިވާ، ތިޔަބައިމީހުންގެ އިންތިޒާރުގައިވާ ހަދިޔާއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.