ސަޢޫދީގެ އެއާޕޯޓުތަކަށް ދިން ހަމަލާތަކުގައި ތިން މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

ސަޢޫދީގެ އެއާޕޯޓުތަކަށް ހޫޘީން ދިން ހަމަލާތަކެއްގައި ތިން މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ޕާކިސްތާނާއި ތުރުކީން ސަޢޫދީއަށް އިތުރު ސިފައިންނާއި އަސްކަރީ ސާމާނު ފޮނުވުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި، މި ހަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ދިފާޢީ ނިޒާމުގެ ބަލިކަށިކަން ވަނީ ހާމަވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަޢޫދީގެ ވެރިރަށް ރިޔާޒް ހިމެނޭހެން، އެ ޤައުމުގެ ބައިނަލްއަޤްވާމީ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތަކުގައި މަދުވެގެން ތިން މީހުން މަރުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ސަޢޫދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންގާރަ އަދި ބުދަ ދުވަހު އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި އަބްހާ އެއާޕޯޓުން މިސްރު މީހަކާއި އަލްޖީރިއާ މީހަކު މަރުވެފައިވާއިރު، ރިޔާޒްގެ އެއާޕޯޓުން ސޫދާން މީހަކު ވަނީ މަރުވެފަ އެވެ. އަދި މި ހަމަލާތަކުގައި ޖުމްލަ 36 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ހޫޘީން ވަނީ ރިޔާޒްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ބެލިސްޓިކް މިސައިލް ހަމަލާ ހިމެނޭހެން، ސިލްސިލާ ހަމަލާތަކެއްގެ ޒިންމާ އުފުލާފަ އެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއަށް ސަރަހައްދީ އިތުރު ބާރުތަކުން މިހާރު ދަނީ ވަންނަމުންނެވެ.

އެގޮތުން، އޮގަސްޓު މަހު ސަޢޫދީއާއެކު ވެފައިވާ ދިފާޢީ އެއްބަސްވުމެއް ކަމަށްވާ ”މައްކާ ޕެކްޓް“ އަމަލީގޮތުން ތަންފީޒުކުރުމަށް ޕާކިސްތާނާއި ތުރުކީން ވަނީ އަންގާރަ ދުވަހު އެއްބަސްވެފަ އެވެ.

ސަޢޫދީގެ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް ތުރުކީން ދަނީ އެ ޤައުމަށް ސިފައިންނާއި ވައިގެ ދިފާޢީ ނިޒާމުތައް ފޮނުވަމުންނެވެ. އަދި ޕާކިސްތާނުން ވެސް ވަނީ އެ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް ސިފައިން ފޮނުވަމުންދާކަން ސީ.އެން.އެން އަށް ދިން އިންޓަވިއުއެއްގައި ކަށަވަރުކޮށްދީފަ އެވެ.

ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ސަޢޫދީން ދޭ ހަމަލާތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ޔަމަނުގެ ރެޑް ސީ އައްސޭރިފަށާއި ތާއިޒް ސިޓީގައި ސަޢޫދީގެ ތާއީދުލިބޭ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ދަނީ ހިނގަމުންނެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް ދެލައްކައަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުދަ ދުވަހު ވަނީ ބުނެފަ އެވެ.

މިދިޔަ މަހު ހޫޘީން ހިފާފައިވާ ރެޑް ސީ އައްސޭރިފަށުގެ ސަރަހައްދުތައް އަނބުރާ ހޯދުމަށް، ސަޢޫދީގެ ތާއީދުލިބޭ ޔަމަން ސަރުކާރުން ވަނީ މި ހަފުތާގެ ކުރީކޮޅު އަސްކަރީ ކެމްޕޭނެއް ފަށާފަ އެވެ.

ވޭތުވެދިޔަ 12 އަހަރުގެ ހަނގުރާމައިގައި ހޫޘީންގެ އަތްދަށަށް ދިޔަ ހުރިހާ ސަރަހައްދެއް އަނބުރާ ހޯދުމަކީ މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދު ކަމަށް ޔަމަން ސަރުކާރުން އާދިއްތަ ދުވަހު ވަނީ އިޢުލާނުކޮށްފަ އެވެ.

ހަނގުރާމައިގެ މައިދާނުގެ ހާލަތު ބަދަލުވަމުންދާއިރު، ހަނގުރާމައިގެ ނުރައްކާތެރި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އޭގެ ތެރެއިން ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ސަޢޫދީއާއި ޔަމަން ސަރުކާރާ ގުޅިފައިވާ ”ޖަޔަންޓްސް ބްރިގޭޑް“ ގެ ހަނގުރާމަވެރިން، އަތްދަށުވެފައިވާ މީހުންނާއި އައްސޭރިފަށުގައި އަމާންދީގެން ތިބި ހަތިޔާރު ނެތް މީހުންނަށް ހަމަލާދެ އެވެ.

ޔަމަން ސަރުކާރުން އަންގާރަ ދުވަހު ދައުވާކޮށްފައިވާ ގޮތުގައި، ބާބު އަލް-މަންދަބް ކަނޑުއޮޅީގެ އެރޭބިއަން ގަލްފް ފަޅިއާއި، ސެޕްޓެމްބަރު މަހު ހޫޘީން ހިފި މުޚާ ބަނދަރު ސިޓީ މިހާރު ވަނީ އަނބުރާ ހޯދާފަ އެވެ. ނަމަވެސް، ހޫޘީންގެ މީޑިއާ ތަކުން މިކަން ދޮގުކޮށް، އެ ސިޓީގެ ތެރޭގައި އެމީހުންގެ ހަނގުރާމަވެރިން ތިބި މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުކޮށްފަ އެވެ.

އެހެނިހެން ރިޕޯޓުތަކުންނާއި ހާމަޔަށް ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ސިޓީގެ ވަށައިގެން ހިނގަމުންދަނީ މައިގަނޑު ގޮތެއްގައި ދުރު ރާސްތާގެ މިސައިލް ހަމަލާތަކެކެވެ. އަދި މުޚާ ސިޓީ އަދިވެސް އޮތީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.