
އަމާން އުދަރެސް ޓަވަރުން ޒުވާނަކު ވެއްޓި ނިޔާވެއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރުން މިއަދު ޒުވާނަކު ވެއްޓި ނިޔާވެއްޖެ އެވެ.
މިހާދިސާއާއި ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، އުދަރެސް އަށެއް ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 14:26 އެހާކަންހާއިރު ކަމަށެވެ. އަދި ރިޕޯޓު ލިބުމުން އެސަރަހައްދަށް ދިޔަ ކަމަށާއި އެ ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



