ބަދަރު ޚާން އަލުން ބަންދުކުރުމަށް ޓްރަމްޕްގެ ސުޕްރީމް ކޯޓުގައި އެދިއްޖެ

ބަދަރު ޚާން ސޫރީ އަލުން ބަންދުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ޖޯޖްޓައުން ޔުނިވަރސިޓީގެ ޢިލްމުވެރިއެއް ކަމަށްވާ ބަދަރު ޚާން ސޫރީ ބަންދުކުރީ އިޒްރޭލަށް ފާޑުކިޔުމާ ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މައްސަލައަކީ އިމިގްރޭޝަން ބަންދުތަކާ ގުޅޭގޮތުން ފެޑަރަލް ކޯޓުތަކަށް އޮންނަ ބާރުތައް ކަނޑައެޅިގެންދާނެ މުހިންމު މައްސަލައެކެވެ.

އިޒްރޭލަށް ފާޑުކިޔުމުގެ ސަބަބުން މިދިޔަ އަހަރު ދެ މަސް ދުވަހު އިމިގްރޭޝަން ބަންދުގައި ހުރި ޖޯޖްޓައުން ޔުނިވަރސިޓީގެ އިލްމުވެރިޔާ ބަދަރު ޚާން ސޫރީ މިނިވަންކުރުމަށް ނިންމި ނިންމުން ބާޠިލްކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.

ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހޯމަ ދުވަހު ކޯޓުގައި އެދުނީ މި މައްސަލަ ދިރާސާކުރުމަށެވެ.

އެ ފަރާތުން ބުނާ ގޮތުގައި އެމެރިކާގެ ރައްޔިތުން ނޫން މީހުން ޤައުމުން ބޭރުކުރުމުގެ މައްސަލަތަކުގައި ފެޑަރަލް ފަނޑިޔާރުންނަށް ތަދައްޚުލްވުމުގެ ބާރު އޮވެގެން ނުވާނެ އެވެ.

މި މައްސަލައާ މެދު ކޯޓުން ނިންމާ ނިންމުމަކީ ކުރިމަގުގައި މިފަދަ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ކަނޑައެޅިގެންދާނެ ތާރީޚީ ނިންމުމަކަށް ވެގެންދާނެ އެވެ.

ސޫރީއަކީ އިންޑިއާގެ ރައްޔިތެއް ނަމަވެސް އެމެރިކާގައި ދިރިއުޅުމުގެ ޤާނޫނީ ހުއްދަ އޮންނަ، އަދި އެމެރިކާގެ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

ސޫރީގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބުނީ 17 މާރިޗު 2025 ގެ ރޭގަނޑުގެ ވަޤުތެއްގައި، މޫނު ނިވާކޮށްގެން ތިބި އޭޖެންޓުންތަކެއް އޭނާގެ ގޭގެ ބޭރުން އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

މިއީ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އިން ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އޭނާގެ ޢާއިލާ އާއި އެކުވެރިން ޤަބޫލުކުރާ ގޮތުގައި، ސޫރީއަށް އަމާޒުކޮށް މިފަދަ ފިޔަވަޅެއް އެޅީ އޭނާގެ އަނބިމީހާ އަކީ ފަލަސްތީނަށް ނިސްބަތްވާ، ހަމާސްގެ ކުރީގެ ސިޔާސީ މުޝީރެއްގެ ދަރިއަކަށް ވެފައި، އިޒްރޭލަށް ތާޢީދުކުރާ ފަރާތްތަކުން އޭނާ ނަމޫނާއަކަށް ބޭނުންކުރުމުގެ ގޮތުންނެވެ.

ސޫރީގެ ޤާނޫނީ ޓީމުގައި ހިމެނޭ އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިން ޖުލައި މަހު ބުނެފައިވަނީ، ސޫރީ އެމެރިކާގައި ހުރުމަކީ ބޭރު ޤައުމުތަކާ އޮންނަ ގުޅުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެ، ސަރުކާރުން ދޮގު ތުހުމަތުތަކެއް ކުރަމުންދާ ކަމަށެވެ.

ޖުލައި މަހު ފޯތު ސާކިޓް ކޯޓް އޮފް އެޕީލްސް އިން ވަނީ ސޫރީ އަލުން ބަންދުކުރުމަށް ސަރުކާރުން ކުރި މަސައްކަތް ބާޠިލްކޮށް، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ތާޢީދުކޮށްފަ އެވެ.

އޭ.ސީ.އެލް.ޔޫ ގެ ވަކީލު ނޫރު ޒަފަރު ބުނި ގޮތުގައި، ސޫރީ ފަދަ މީހުން ބަންދުކުރުމުގައި ކޯޓުތަކުގެ ދައުރެއް ނެތް ކަމަށް ބުނުމަކީ ޤާނޫނު އަސާސީން ލިބިދޭ ރައްކާތެރިކަމަށް ހުރަސްއެޅުމެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމުގެ ސަބަބުން ސޫރީ ބަންދުކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.