އެމްއެންޑީއެފް ކޯސްޓްގާޑާއި ފެރިދޫ ކައުންސިލުން ގުޅިގެން ”ނިޔަމި ކޯސް 2“ ފަށައިފި

އެމްއެންޑީއެފް ކޯސްޓްގާޑާއި އއ. ފެރިދޫ ކައުންސިލުން ގުޅިގެން، އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ”ނިޔަމި ކޯސް 2“ ފަށައިފިއެވެ.
ސެޕްޓެންބަރު 19އިން 22އަށް ކުރިއަށްގެންދާ މި ކޯހަކީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ހިންގާ  ކޯހެކެވެ. ފެރިދޫގެ 26 މީހަކު ބައިވެރިވެފައިވާ މި ކޯހުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޓްރޭނިންގ ސްކޫލުގެ މުދައްރިބުންނެވެ.
މި ކޯހުގައި ކަނޑުދަތުރުކުރާ އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތައް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކުގެ މަޢުލޫމާތު ހިމެނޭހެން ކަނޑުދަތުރުކުރުމާ ގުޅުންހުރި ތަފާތު ބައިތައް ކިޔަވައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.