ޖަލާއި ބަންދުމީހުން ބެލެހެއްޓުމާއިބެހޭ ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ”މެނޭޖްމަންޓް އޮފް ކަރެކްޝަނަލް ފެސިލިޓީސް އެންޑް ރިހެބިލިޓޭޝަން އޮފް އޮފެންޑަރސް“ ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

2026 އޮގަސްޓް 24 އިން ސެޕްޓެމްބަރު 19 ގެ ނިޔަލަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަމީމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމަކީ ކަރެކްޝަނަލް ފެސިލިޓީތައް ބެލެހެއްޓުމާއި ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގެންގުޅޭ އެންމެ ފަހުގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ތަޖުރިބާތަކުގެ އަލީގައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.