ފަލަސްޠީނަށް އެހީވުމަށް ޔޫޓިއުބަރ މިސް ރޭޗަލް 1 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފި

ފަލަސްތީނުގެ ކުޑަކުދިންނަށް އެހީވުމަށްޓަކައި، މަޝްހޫރު ޔޫޓިއުބަރ މިސް ރޭޗަލް، އެމެރިކާގެ ރެޕާ މެކްލެމޯއާ އެއްވަރަށް 1 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.

މި އެހީ ދިނުމަށް މިސް ރޭޗަލް ނިންމާފައިވަނީ، ފަލަސްތީނަށް ތާޢީދުކޮށް ވާހަކަދެއްކުމާ ގުޅިގެން އެޑް ޝީރަންގެ އެމެރިކާ ޓުއާއިން މެކްލެމޯ ވަކިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުޑަކުދިންނަށް ޚާއްޞަ ވީޑިއޯތައް ތައްޔާރުކުރާ ރޭޗަލް ގްރިފިން-އެކޫރްސޯ (މިސް ރޭޗަލް) ބުރާސްފަތި ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައިވަނީ، އޭނާ ”ޕަލެސްޓައިން ޗިލްޑްރަންސް ރިލީފް ފަންޑު“ އަށް 1 މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށެވެ. އަދި މުއްސަނދި އެހެން މަޝްހޫރު ފަރާތްތަކުންވެސް މެކްލެމޯގެ ނަމޫނާ ބަލައި މިފަދަ އެހީތައް ދިނުމަށް އޭނާ ގޮވާލި އެވެ.

ގާޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމު ކުށްވެރިކޮށް މެކްލެމޯ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ޝޯތަކުން ބާކީކުރުމުން، އެކަމަށް އިޝާރާތްކޮށް ރޭޗަލް ބުނީ، ގާޒާގައި ހިންގާ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަކީ އެންމެންގެ މައްޗަށް އޮތް އިންސާނީ ވާޖިބެއް ކަމަށެވެ.

”20،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ކުޑަކުދިން ޝަހީދުކޮށްލައިފި. އަދިވެސް ކޮންމެ ދުވަހަކު ކުދިން ދަނީ މަރުވަމުން. ކުޑަކުދިންނާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި އަހަރެމެންނަށް ލިބިފައިވާ މަޤުބޫލުކަމާއި ވަސީލަތްތަކުގެ ބޭނުންހިފުމަކީ އަހަރެމެންގެ އަޚަލާޤީ ޒިންމާއެއް،“ ރޭޗަލް ލިޔެފައިވެ އެވެ.

އެކޫރްސޯ އަކީ 2025 ވަނަ އަހަރުން ފެށިގެން ޕަލެސްޓައިން ޗިލްޑްރަންސް ރިލީފް ފަންޑުގެ ގްލޯބަލް އެމްބެސެޑަރެކެވެ. މީގެ ކުރިންވެސް އޭނާ ވަނީ ފަލަސްޠީނުގެ ކުދިންނަށް އެހީވުމަށް ތަފާތު ހަރަކާތްތައް ހިންގާފަ އެވެ.

ރޭޗަލްގެ މި ނިންމުމަށް މެކްލެމޯ ވަނީ އިންސްޓަގްރާމްގައި ޝުކުރު އަދާކޮށްފަ އެވެ. 

އެޑް ޝީރަންގެ ޓުއާގައި އޭނާ ދިން ޝޯތަކުން ލިބުނު ފައިދާއިން 1 މިލިއަން ޑޮލަރު ފަލަސްޠީނަށް ހަދިޔާކުރަން މެކްލެމޯ ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. 

އޭނާ ބުނިގޮތުގައި، އެންމެ މުހިންމު ކަމަކީ އަދިވެސް އަޅުވެތިކަމާއި މަރުގެ ބިރުވެރިކަމުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ވާހަކަ ދެއްކުމެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައަކީވެސް ހިމާޔަތްކުރަންޖެހޭ އަގުހުރި އެއްޗެއްކަމަށް އެންމެން އެއްބަސްވާންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވި ކޮންސަޓްތަކުގައި ”ފްރީ ޕަލެސްޓައިން“ އޭ ބުނެ، ގާޒާގެ ހަނގުރާމައާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ”ހިންދުސް ހޯލް“ ލަވަ ކިޔުމާ ގުޅިގެން، ޝީރަންގެ ޓުއާއިން މެކްލެމޯ ވަނީ ބޭރުކޮށްފަ އެވެ. 

މެކްލެމޯ ތުހުމަތުކުރާ ގޮތުގައި މި ނިންމުމުގެ ފަހަތުގައި ހުރީ އިޒްރޭލަށް ތާޢީދުކުރާ ނިއު އިންގްލަންޑް ޕެޓްރިއަޓްސްގެ ވެރިޔާ ރޮބަޓް ކްރާފްޓެވެ.

މެކްލެމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން، އެ ޓުއާގައި ބައިވެރިވާން އޮތް އެހެން ހުރިހާ ފަންނާނުން ކަމަށްވާ ލޫކަސް ގްރަހަމް، އޭރަން ރޯ، ފިނިއަސް އަދި ބިއޯގާ ވެސް ވަނީ ޓުއާއިން ވަކިވިކަން އިޢުލާންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.