
ސްކޭމް މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހަކު ހޯދަނީ
އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހާޒިރުކުރުމަށް ބޭނުންވާ މީހަކު ހާޒިރުވުމަށް ފުލުހުން އަންގައި އިއުލާނުކޮށްފި އެވެ.
ހާޒިރުވުމަށް އަންގާފައިވަނީ މުޙައްމަދު ޢިމާދު (46އ) ކަށިސުތުލިގެ / ސ.ހިތަދޫ އެވެ.
އިއުލާނުގައި ފުލުހުން ބުނެފައިވަނީ، އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ހާޒިރުވާން އަންގާފައިވަނީ 2026 ސެޕްޓެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.



