ބަންގްލަދޭޝްގައި ބޭއްވި ކުޑަކުދިން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ސަރަހައްދީ މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްގެންދިޔަ ”ރީޖަނަލް އެކްސްޕާޓް ވާރކްޝޮޕް އޮން ސްޓްރެންތެނިންގ ޗައިލްޑް-ސެންޓަރޑް ރެސްޕޮންސަސް ޓު ޓްރެފިކިންގ އިން ޕަރސަންސް އިން ސައުތު އޭޝިއާ“ ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

2026 ސެޕްޓެމްބަރު 8 އިން 9 ގެ ނިޔަލަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހިއުމަން ޓްރެފިކިންގ އިންވެސްޓިގޭޝަންގައި މަސައްކަތްކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަސައްކަތު ބައްދަލުވުމަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ކުޑަކުދިން ޓްރެފިކްކުރުމުގެ މައްސަލަތައް ހުއްޓުވުމަށާއި އެފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި ވިސްނުން އަދި ގާބިލުކަން އިތުރުކުރުމެވެ. މީގެއިތުރުން، ޓްރެފިކިންގގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންސާފު ލިބުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ނިޒާމުތައް ހަރުދަނާކުރުމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.