ސްޓެޕްސް ހަމަކުރާއިރު އެންމެ ރަނގަޅި ކޮންގޮތެއް

ސްޓެޕް ހަމަކުރާއިރު ގޭތެރޭގައި އުޅޭއިރު އަޅާ ސްޓެޕް ކަމުދާނެތޯ ނުވަތަ ހަމަ ވަކި ގަޑިއަކު އެކަމަށް ހުސްކޮށްގެން އެކަން ކުރުންތޯ ރަނގަޅީ؟

އެންމެ ކުރު ޖަވާބަކީ: ދެ ގޮތް ވެސް ވަރަށް ރަނގަޅެވެ. އެކަމަކު އެންމެ ފައިދާ ބޮޑީ ދެ ގޮތް އެއްކޮށްލުމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގޭތެރޭގައްޔާއި ޢާންމު ދިރިއުޅުމުގައި އަޅާ ފިޔަވަޅުތައް ގުނުން:
މިއީ ވަރަށް މުހިންމު ކަމެކެވެ. ގޭތެރޭގެ މަސައްކަތްތަކުގައްޔާއި، ފިހާރައަށް ދިއުމުގައްޔާއި، ސިޑިން އެރުން ފަދަ ކަންކަމުގައި އަޅާ ފިޔަވަޅުތަކަކީ ވެސް ދުވަހުގެ ޖުމްލަ ސްޓެޕްސްގެ ތެރޭގައި ހިމެނޭ އަދި ކެލޮރީ އަންދައިދޭ ކަންކަމެވެ.

މީގެ ސަބަބުން ގިނަ ވަގުތު އިށީނދެ އިނުން ހުއްޓުވައިދީ، ހަށިގަނޑު އަބަދުވެސް ހަރަކާތްތެރިކަންމަތީ ބަހައްޓައިދެއެވެ.

ވަކި ވަގުތެއް ހުސްކޮށްގެން ހިނގުން:
ވަކި ވަގުތެއް ކަނޑައަޅައިގެން (މިސާލަކަށް: މެދުނުކެނޑި 30 މިނެޓު) ބާރަށް ހިނގުމަކީ ހިތުގެ ދުޅަހެޔޮކަމަށާއި، ލޭދައުރުވުމަށް އަދި ފުއްޕާމޭގެ މަސައްކަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތެވެ. މިއީ ”ކާޑިއޯ“ ކަސްރަތެއްގެ ގޮތުގައި ބެލެވޭ ހިނގުމެވެ.

އެންމެ ރަނގަޅު ގޮތް:

ދުވަހުގެ އާންމު ހަރަކާތްތަކުން ފިޔަވަޅުތައް ގުނަމުން ގެންދާށެވެ (ދުވަހުގެ ޓާގެޓް ހަމަކުރުމަށް).
މީގެ އިތުރުން، ދުވާލަކު މަދުވެގެން 20 އިން 30 މިނެޓު ވަކިން ހުސްކޮށްލައިގެން ކުޑަކޮށް ބާރަށް ހިނގާލުމުގެ އާދަ އަށަގަންނުވާށެވެ.

މިގޮތަށް އަމަލުކުރުމުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެންމެ ފުރިހަމަ ފައިދާ ލިބިގެންދާނެއެވެ.

ޖަވާބު: Trainwithayya.com

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.