ފޭސްބުކް މެދުވެރިކޮށް އިންތިޒާމުކޮށްގެން ބޭއްވި ޕާޓީއެއް ފުލުހުން ރައިޑްކޮށްފި

ސްރީލަންކާގެ ތެލްދެނިޔާ ވިކްޓޯރިއާ ސަރަޙައްދުގައި ފޭސްބުކް މެދުވެރިކޮށް އިންތިޒާމުކޮށްގެން ބޭއްވި ޕާޓީއެއް ފުލުހުން ރައިޑްކޮށް، 36 ފިރިހެނުންނާއި 5 އަންހެނުން ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނަކީ ލިބުނު މަޢުލޫމާތަކާ ގުޅިގެން ތެލްދެނިޔާ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ހިންގި ޚާއްޞަ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރައިޑްގެ ތެރެއިން ހައްޔަރުކުރެވުނު މީހުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވެ އެވެ.

އޭގެ ތެރޭގައި 947 މިލިގްރާމްގެ ކެނަބިސް، 3.657 ގްރާމްގެ ހަޝިޝް، 1.276 ގްރާމްގެ ”އައިސް“ (ކްރިސްޓަލް މެތައެމްފެޓަމިން)، 18 އެކްސްޓަސީ ގުޅަ އަދި ޤާނޫނާ ޚިލާފު 21 ސިނގިރޭޓް ހިމެނެ އެވެ.

މީގެ އިތުރުން 35 ބިޔަރު ދަޅާއި 13 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ހައްޔަރުކުރެވުނު ފިރިހެނުންނަކީ ޢުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ، ގޭލީ އޮޔާ، އަލުތުވައްތަ، ވަރަކަޕޮލާ، ޕެރަދެނިޔާ، އަމްޕިޓިޔާ، ކެންޑީ އަދި ހަންގުރަންކެތާ ސަރަޙައްދުތަކަށް ނިސްބަތްވާ މީހުންނެވެ. އަންހެން މީހުންނަކީ ޢުމުރުން 22 އަހަރާއި 43 އަހަރާ ދެމެދުގެ، ޕައްލެކެލޭ، ޕެރަދެނިޔާ، ހަންގުރަންކެތާ، ދެހިވަލަ އަދި ކަޓުގަސްތޮޓާ ސަރަޙައްދުގައި ދިރިއުޅޭ މީހުންނެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.