ޗައިނާގެ ޖިއަންގްޒީ ޕްރޮވިންސަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިޘާގައި އެކަކު މަރުވެ، 11 މީހުން ގެއްލިއްޖެ

ޗައިނާގެ ޖިއަންގްޒީ ޕްރޮވިންސަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިޘާގައި އެކަކު މަރުވެ، 11 މީހުން ގެއްލިއްޖެ އެވެ.

ތޫފާން ސައުޑެލްގެ އަސަރު އެ ސަރަހައްދަށް ވަރަށް ބޮޑަށް ކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޗައިނާގެ ޖިއަންގްޒީ ޕްރޮވިންސްގެ ގައޯޕިން އަވަށަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މީހަކު މަރުވެ، އިތުރު 11 މީހަކު ވަނީ ގެއްލިފަ އެވެ. މި ޙާދިޘާ ހިނގާފައިވަނީ ތޫފާން ސައުޑެލްއާ ގުޅިގެން ޗައިނާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ފަސްގަނޑު ފައިބަމުންދާ ދަނޑިވަޅެއްގަ އެވެ.

ސުއިޗުއާން ކައުންޓީގެ ގައޯޕިން އަވަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މި ޗަކަގަނޑު ފައިބާފައިވަނީ އެ ޤައުމުގެ ގަޑިން ފަތިހު 4:00 އެހާއިރު އެވެ.

ކައުންޓީގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި މި ޙާދިޘާގައި 12 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި ޙާދިޘާއާ ގުޅިގެން ރެސްކިއު އޮޕަރޭޝަންތައް ފަށާފައިވާއިރު، ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާ ޓީމުތަކުން ދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ގެއްލިފައިވާ މީހުންގެ ޙާލަތާ ގުޅޭ އިތުރު ތަފްޞީލެއް އަދި ލިބިފައެއް ނުވެ އެވެ.

ތޫފާން ސައުޑެލްގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިޘާތަކުގައި ފޫޖިއަން އަދި ގުއަންގްޑޮންގްގެ ގިނަ ގެތަކަކަށް ފެންވަދެ، ސައިފަތް ހައްދާ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ފޫޑިންގް ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން އުނަގަނޑާ ހަމައަށް ފެންބޮޑުވެފައިވަނިކޮށް، ފަޔަރ ފައިޓަރުން ވަނީ ދޮށީ ޢުމުރުގެ މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވެފަ އެވެ. އަދި ޖިންކްސީ އަވަށުގައި ފެންބޮޑުވުމުގެ ސަބަބުން ތިން ބުރީގެ އިމާރާތެއް ވަނީ ވެއްޓިފަ އެވެ.

ބޯކޮށް ވާރޭވެހި ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ ސްކޫލްތަކާއި ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަން ބަންދުކޮށް، ބައެއް ފެރީ ދަތުރުތައްވެސް މެދުކަނޑާލާފަ އެވެ.

މި ޙާދިޘާ މި ހިނގީ އޮގަސްޓް 26 ވަނަ ދުވަހު ނޭޕާލާއި ތިބެތުގެ ބައެއް ސަރަހައްދުތަކަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިޘާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިފައިވަނިކޮށެވެ.

ނޭޕާލް ފުލުހުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، އެ ޤައުމުގައި ހިންގަމުންދާ ރެސްކިއު އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 1,344 އަށް އަރާފަ އެވެ.

ފުލުހުން މި ތަފްޞީލުތައް ޙިއްސާކޮށްފައިވަނީ އެކްސް މެދުވެރިކޮށެވެ. މީގެ އިތުރުން، ފެން ތަޣައްޔަރުވުމާއި ބަލިމަޑުކަން ފެތުރުމުގެ ބިރު އޮތުމުން، ކަމާބެހޭ އިދާރާތަކުން ދަނީ އެކަމަށް ސަމާލުކަން ދެމުންނެވެ.

އަވަށްޓެރި ތިބެތުގައި، ޗައިނާއާއި ނޭޕާލް ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމާއި ކައިދޫގަނޑު ފޭބުމުގެ ޙާދިޘާގައި މަރުވި މީހުންގެ ޢަދަދު 31 އަށް އަރާފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާ އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވެ އެވެ. އަދި ތިބެތު ފަޅިން އަދިވެސް 531 މީހުން ގެއްލިފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.