މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ދައުރު މުހިންމު: ސްޓޭޓް މިނިސްޓަރ

މޫސުމީ މުސްތަޤުބަލު ބައްޓަންކުރުމުގައްޔާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަމަށް އެސްއެމް މިމްރާހު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ”ޔޫތު ޓްރެކް ޓު ކޮޕް31“ ގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިމްރާހު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ހަޤީޤަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަހަރުގެ މި ބައްދަލުވުންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ނުވަތަ ”ލޮސް އެންޑް ޑެމޭޖް“ އަށެވެ. މި މަޝްވަރާތަކުން ހަނދާންކޮށްދެނީ، މޫސުމީ ކާރިސާތަކަށް ހައްލު ހޯދުމަކީ ހަމައެކަނި ކުރިއަށް އޮތް ތަނުގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުން ނޫން ކަމަށާއި، މިހާރުވެސް އެކި މުޖުތަމަޢުތަކުން ތަޙައްމަލުކުރަމުންދާ ގެއްލުންތަކަށް އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުން ކަމަށް މިމްރާހު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ބަލާއިރު، ކަނޑުގެ ލޮނގަނޑު އުފުލުމާއި، ގިރާ ސަރަޙައްދުތައް އިތުރުވުމާއި، އަދި މޫސުމީ ގޮތުން ދިމާވާ ނުރައްކާތެރި ހާދިސާތަކުގެ އަސަރު ރައްޔިތުންގެ ދިރިއުޅުމަށާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށާއި، ޤުދުރަތީ ވެއްޓަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. މިއީ މިއަދު ދިވެހިން ކުރިމަތިލާންޖެހިފައިވާ ހިތި އަދި ބޮޑު ހަޤީޤަތެއް ކަމަށްވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.