ލަންކާގެ ބައެއް ސަރަހައްދުތަކުން 24 ގަޑިއިރަށް ފެނުގެ ޚިދުމަތް މެދުކަނޑާލައިފި

އަމްބަތަލޭ ވޯޓާ ޓްރީޓްމަންޓް ޕްލާންޓުގައި ކުރަންޖެހޭ މުހިންމު މަރާމާތުތަކެއް ކުރުމަށްޓަކައި، ކޮޅުނބާއި އެ ސިޓީގެ ވަށައިގެންވާ ބައެއް ސަރަހައްދުތަކުން 24 ގަޑިއިރަށް ފެނުގެ ޚިދުމަތް މެދުކަނޑާލަން ނިންމާފައިވާކަން ނޭޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑުން އިޢުލާންކޮށްފި އެވެ.

މި މަސައްކަތަކީ ފޯރުކޮށްދޭ ފެނުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ބޯޑުން ހާމަކޮށްފައިވާ ގޮތުގައި ފެނުގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 3 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 އިން ފެށިގެން، ސެޕްޓެމްބަރު 4 ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:00 އާ ހަމައަށެވެ.

މި މުއްދަތުގައި ފެނުގެ ޚިދުމަތް މެދުކަނޑާލާނެ ސަރަހައްދުތަކުގެ ތެރޭގައި ނުގޭގޮޑާ، ކޮހުވަލާ، ދެހިވަލަ، މައުންޓް ލެވީނިއާ، ރަތުމަލާނާ، މޮރަޓުވާ، ރަވަތަވައްތަ، ސޮއިސާޕޫރާ، އަންގުލާނާ، އިންޑިބެއްދިޔާ، ކަޓުބެއްދާ، ކަލްދެމުއްލާ، މޯދަރަ، ކޮރަލަވެއްލާ، އެގޮޑަ އުޔާނާ އަދި ކަޓުކުރުންޑާ ހިމެނެއެވެ.

މީގެ އިތުރުން ސެތްސިރިޕާޔާ، ހިމްބުޓާނާ، އުދުމުއްލާ ރޯޑު، މާލިގާގޮޑެއްލާ، ބޭންކް ޖަންކްޝަން ރޯޑު، ޑަބްލިއު.އޭ. ސިލްވާ މަވަތާ، ހެވެލޮކް ރޯޑު، ކަލްޔާނީ ރޯޑު، ކޮޅުނބު 6، ހޮސްޕިޓަލް ރައުންޑްއެބައުޓް ރޯޑު، ޖަޔަންތީ މަވަތާ އަދި ޝާންތީ މަވަތާ ސަރަހައްދުތަކުން ވެސް ފެނުގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ.

ޚިދުމަތް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނޭޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑުން މަޢާފަށް އެދެ އެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ކުރިއާލާ ފެން ރައްކާކުރުމަށާއި، ފެން އިސްރާފުނުކޮށް ބޭނުންކުރުމަށް އެ ބޯޑުން އިލްތިމާސްކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.