
ހަނގާކުރާނަމަ ހަރުކަށި ވިޔަވަޅު އަޅާނަން – ލަންކާގެ އަންހެނުންނާއި ކުޑަކުދިންގެ ކަންތައްތަކާ ބެހޭ މިނިސްޓްރީ
ގްރޭޑް 5 ގެ ސްކޮލަރޝިޕް އިމްތިހާނުގެ ނަތީޖާއާ ގުޅިގެން ކުޑަކުދިންނަށް އަދަބުދީ ނުވަތަ ނަފްސާނީ ގޮތުން ގޯނާކުރާ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސްރީލަންކާގެ އަންހެނުންނާއި ކުޑަކުދިންގެ ކަންތައްތަކާ ބެހޭ މިނިސްޓްރީން އިންޒާރު ދީފިއެވެ.
އިމްތިޙާނުގެ ނަތީޖާއަށް ބަލައި ކުދިންނަށް އަދަބު ދިނުމާއި ނަފްސާނީ ގޮތުން ދަތިކުރުވާ ފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އެ މިނިސްޓްރީން ވަނީ ބެލެނިވެރިންނަށާއި އެހެނިހެން ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، އިމްތިޙާނުގެ ނަތީޖާއާ ގުޅުވައިގެން ކުދިން ލަދުގަންނަވާލައި، ނުތަނަވަސްކަމާއި ދަތިތަކާ ކުރިމަތިލާންޖެހޭ ފަދަ ގޮތްގޮތަށް މީޑިއާ އަދި ސޯޝަލް މީޑިއާގައި މަޢުލޫމާތު ފެތުރުމާއި އިޝްތިހާރު ކުރުމުގެ ޙަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ވެސް އެ މިނިސްޓްރީން ވަނީ ގޮވާލާފަ އެވެ.
މިފަދަ ޢަމަލުތަކަކީ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ގޮތުގައި ބެލެވިދާނެ ކަންކަން ކަމަށް ފާހަގަކޮށް، އެފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ވަނީ ދީފައެވެ.



