އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުޑަ އަންހެންކުއްޖާ ނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި ޒީވާ ސިނާން އަހުމަދު، މ. ލެމަންޓްރީ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު ފަތިހު އެވެ. ޒީވާގެ ކަށުނަމާދު އޮތީ މިއަދު މެންދުރުނަމާދަށްފަހު ހުޅުމާލެ ސަހަރާގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެރޭ 21:04 ހާއިރު، ހުޅުމާލެ ފޭސް-2 ގެ ހިތިގަސްމަގު، ވިނަރެސް-7 ކައިރީގަ އެވެ. ފުލުހުން ބުނެފައިވަނީ، އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފަައިވަނީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް-7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި ފަހަތުގައި އިން 9 އަހަރުގެ ޒީވާއަށެވެ. އެންމެ ބޮޑު އަނިޔާތަކެއް ލިބުނީ ޒީވާއަށެވެ. އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޒީވާގެ ކަށުނަމާދު އޮތީ މިއަދު މެންދުރުނަމާދަށްފަހު ހުޅުމާލެ ސަހަރާގައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.