ކަނޑުދަތުރުފަތުރުގެ ދާއިރާގެ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ދެމެހެއްޓެނިވި ގޮތެއްގައި ކުނި އަދި ކެމިކަލް މެނޭޖުކުރުމަށް ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ހިންގާ ”އައިލެންޑްސް“ (ISLANDS) ޕްރޮޖެކްޓުގެ ދަށުން، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާގައި އުފެދޭ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ޚާއްޞަ ފޯކަސް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި ދާއިރާއާ ގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުންގެ ބައިވެރިވުމާއެކުގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ކުނި މެނޭޖުކުރުމުގައި މިހާރު ދިމާވަމުންދާ މައިގަނޑު ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އަމަލީ ގޮތުން ހައްލު ހޯދޭނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމަކީ ދާއިރާގެ ހުރިހާ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމާއި، ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

”އިމްޕްލިމެންޓިންގ ސަސްޓެއިނަބަލް ލޯ އެންޑް ނޮން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް“ (އައިލެންޑްސް) ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގެއްލުންހުރި ކެމިކަލްތަކާއި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.