ނޭޕާލްގައި ފެންބޮޑުވެ 95 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ

ނޭޕާލްގެ ޓިބެޓް ގުޅޭ ބޯޑަރުކައިރީ އަވަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން 95 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ގެއްލިއްޖެ އެވެ.

އަލްޖަޒީރާގައި ބަޔާންކޮށްފައިވާ ގޮތުގައި ޗައިނާއާއި ނޭޕާލް ގުޅޭ ބޯޑަރުކައިރީ އަވަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން26 ގައުމެއްގެ އެތައްސަތޭކަ ބަޔަކުވަނީ ގެއްލިފައެވެ. އަދި މަގުތަކާއި ބުރިޖުތަށް ހަލާކުވެ، ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިނގިރޭސިވިލާތާއި އެމެރިކާ އަދި އިންޑިޔާއާއި މެލޭޝިޔާ ހިމެނޭހެން26 ޤައުމަކުން 384 ޓޫރިސްޓުން ގެއްލިފައިވާ ކަމަށް މިހާތަނަށް ވަނީ ރިޕޯޓު ކުރެވިފައެވެ. އަދި ޗައިނާ ސަރުކާރުން ބުނެފައިވަނީ ބޯޑަރުގެ ޗައިނާ ސަރަހައްދުގެ ޓިބެޓްއިން ވެސް 265 މީހުން ގެއްލިފައިވާ ކަމަށެވެ. ގެއްލުނު މީހުންގެ ސީދާ އަދަދު އަދި ހާމަކުރަން ދަތިކަމަށާއި، އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް އެފަރާތުން ވަނީ ބުެނފައެވެ.

މި ހިތާމައިގެ ދަނޑިވަޅުގައި އެންމެން އެކަތިގަނޑަކަށްވެ ތިބުމަށް އަދި ކެއްތެރިވުމަށް ނޭޕާލްގެ ބޮޑުވަޒީރު ބަލެންދުރަ ޝާޙް ވަނީ ގޮވާލާފަ އެވެ. މީހުން ސަލާމަތް ކުރުމުގެ ބުރަ ޒިންމާ ސަރުކާރުން އަދާކުރާނެ ކަމަށާއި، އަނިޔާވި މީހުންނަށް ބޭނުންވާ ފަރުވާއާއި ކެއުމާއި ބޯހިޔާވަހިކަން ވެސް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސިޔަޕްރު ބެސީ އަދި ޓިމޫރުއާއި ފަރުބަދަމަތީ ސަަރަހައްދެއް ކަމުގައިވާ ރަސުވާގައި ފެނުގެ ލެވެލް މަތިވުމުން މީހުން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރަށް އެސަރަހައްދަށް ދިއުމަށް ވަނީ ދަތިވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.