ޓެރަރިޒަމް ލިސްޓުން ސީރިއާ ނެގުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސީރިއާ ނެގުމަށް އެޤައުމުން ނިންމުމުން އެކަމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާއިިން މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި، އެ ކަމާ ގުޅިގެން ސީރިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ސީރިއާގެ ރައްޔިތުންނަށް ސުލްހަޔާއި، ހަމަޖެހުމާއި ފާގަތިކަމަށް ރާއްޖެއިން އެދޭކަމަށާއި، މި ނިންމުމާއެކު ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިޔާ އަލުން ބިނާކޮށް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެ، ސީރިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ލިބޭ ބާރެއްކަމަށް ރާއްޖެ އުންމީދުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސީރިއާގެ އިސްތިގުލާލާއި، މިނިވަންކަމާއި، ސަރަހައްދީ ފުރިހަމަކަމަށް ރާއްޖެއިން އަބަދު ވެސް ތާއީދުކުރާ ކަމަށާއި، ސީރިއާގެ ރައްޔިތުން އިސްވެ، އެ މީހުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ސުލްހަވެރި އަދި އެންމެން ޝާމިލުވާ ހައްލަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައިވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

ޓެރަރިޒަމްގެ ލިސްޓަށް ސީރިއާ އެންމެ ފުރަތަމަ ހިމަނާފައިވަނީ ސީރިއާގެ ހަތިޔާރުއެޅި ޖަމާޢަތްތަކަށް ސަޕޯޓުކުރާ ކަމަށް ބުނެ ކުރީގެ ރައީސް ހާފިޒް އަލްއަސަދުގެ ވެރިކަމުގައި 1979 ގައެވެ. އޭގެފަހުން ބަޝާރު އަލްއަސަދުގެ ވެރިކަމުގައި ވެސް އެލިސްޓުން ސީރިއާ އުނިކޮށްފައި ނުވެއެވެ.

ޓެރަރިޒަމްގެ ލިސްޓުން ސީރިއާ ނެގުމާއި ގުޅިގެން އެކަމާ އުފާފާޅުކޮށް އެގައުމުގެ މިހާރުގެ ރައީސް އަޙްމަދު އައްޝަރާ ބުނެފައިވަނީ، މިނިންމުމުގެ ސަބަބުން ސީރިއާގެ ތާރީޚުން ވޭންދެނިވި ސަފްޙާއެއް އުނިކުރެވިފައިވާ ކަމަށާއި، މިއީ ސީރިއާ އަލުން އާރާސްތުކޮށް، ތަރައްޤީ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި މިނިންމުމަށް ޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.