ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކަށް ޖަމާކުރަން ލާޒިމްކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ހޯމް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި ތިންވަނަ އިސްލާހުގައި، އެ ގަވައިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްގެންނެވެ. އެ ޤަވާއިދަށް (ރ) އިތުރުކޮށް، އެ އަކުރުގައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަން ވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ގަވައިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ގަވާއިދު ޝާއިއުކުރާ ދުވަހުން ފެށިގެން (މިއަދުން ފެށިގެން) 30 ދުވަހުގެ ފަހުންނެވެ.

މީގެކުރިން ވެސް، ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާކުރަން އިސްލާހު ހުށަހެޅިއެވެ. އެ ކަން ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރިއެވެ.އެ ޖޫރިމަނާ ކުރަން ފެށީ، ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން ކަމަށްވާއިރު، ޑިސެމްބަރު 28، 2017ގައި އެ ޖޫރިމަނާ ކުރުން ފަސްކުރިއެވެ.

ޤަވާއިދަށް މިބަދަލު ގެނެސްފައިވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ބިދޭސީ ބައެއް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ލިބޭއިރު، ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މުވައްޒަފުންވެސް އުޅެ އެވެ. ބައެއް މީހުންނަށް ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކާ ކަމުގެ ޝަކުވާ ލިބެއެވެ. އަދި ދިވެހި ރުފިޔާ އިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ ކަމުގެ ޝަކުވާ ވެސް ވަނީ ލިބިފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.