މާލޭގެ ގެއެއްގައި ބިރުވެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ. ޙަބަރު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ރޭ ފަތިހު ގ. ދޫގަސްގޭގައި އެވެ.

ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން 4 މީހަކަށް އަނިޔާވެފައިވާއިރު ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާދިސާގައި އަނިޔާވި މީހުންނަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަނިޔާ ވެފައިވަނީ4 ބިދޭސީންނަށެވެ. އެއީ ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ 2 މީހުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ރޭ ފަތިހު 5:27 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރުދަނީ ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.