
ދިރިއުޅުމަކީ އެހާ ފަސޭހަ އެއްޗެއްނޫން
ދުނިޔޭގެ ދިރިއުޅުމުގައި ބޮޑުކަމެއް ދިމާވާއިރަށް ސުކުނޑި ސުމަކަށްދަނީ ދުނިޔެއާމެދު ދެކޭ ނަޒަރިއްޔާތަކުންނެވެ. ދުނިޔެ އަކީ އުނދަގުލާ، ފުރައްސާރައާއި މީހުންގެ ނަފްރަތުން ފުރިފައިވާ އިމްތިޙާނީ ގޮވެއްޗެކެވެ.
މިއީ ފަސޭހަ ތަނެއްގަމުގައި ދެކުމަކީ ުނި ވިސނުމެކެވެ. އެހެނީ މިއީ ސުވަރުގެއެއް ނޫނެވެ. ސުވަރުގެއަށް ދާން އޮތް އުނދަގޫ މަގެކެވެ.
މި މަގު ސާފުކޮށް ފަސޭހަ ކުރަން ޖެހޭނީ ތިބާ އަމިއްލަޔަށެވެ. ދިރިއުޅުން ފަސޭހަ ކުރުމަށްޓަކައި މީހާގެ ވިސްނުމާއި ޢަމަލުތަކަށް ބަދަލުތަކެށް ގެންނަންޖެހެ އެވެ. އެގޮތުން ކެތްތެރިވުމާއި ކަންކަން ބަރުދާސްތުކުުމާއި އިވޭހާ އަޑަކަށް ނުވިސްނުން ހިމެނެ އެވެ.
ވަރަށްބޮޑަށް ކެއްތެރިވެގެން: ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ކުރިމަތިލައި، އެއި ގަދަކީ ރިތި ވަންތަ ﷲގެ ހަޟަރަތުން އަންނަ އިމްތިޙާނު ތަކެއްކަމުގައިދެކުމެވެ. ދަތިތަކުން އަރައިގަތުމީ ލިބޭ ކާމިޔާބެއްކަމުގައި ދެކެ، ސާބިތުކަމާއި އެކު އެކަމާ ކުރިމަތިލައި ކުރިޔަދިޔުމެވެ.
ކަންކަން ބަޒުދާސްތުކުރުން: ދިރިއުޅުމުގައި ދިމާވާ ތިމާ ހިތްހަމަ ނުޖެހޭ ކަންކަމާއި މީހުންނާއި ޙާލަތްތަކަކީވެސް ދިރިއުޅުމުގެ ބައެއްކަމުގައި ދެކި އެފަދަ ކަންކަމަށް ކެތްތެރިވެ ދިރިއުޅުން ކުރިޔަށް ގެންދިއުމެވެ.
ފެންނަ އަދި އަޑުއިވޭހައި ކަންކަމާއިމެދު މާބޮޑަށް ނުވިސްނުން: ތަނަކުން މީހަކު ދައްކާހައި ވާހަކައަކީ ތިމާ އެކަމާ ބެހެންޖެހޭ ކަމެށް ނޫނެވެ. ތިމާއާއި ބެހޭ ގޮތުން މީހުން ދައްކާހައި ވާހަކައަކީ އެއަށް ރައްދުދޭންޖެހޭ ވާހަކަތަކެށްވެސް ނޫނެވެ. އަނެއްމީހާ އުޅޭހައި ގޮތަކީ ތިމާ އެކަމާއި ބެހެންޖެހޭ ކަންކަމެށްނޫނެވެ. އަނެއް މީހާ ތިމާއާއިމެދު އަޅުވާ ކޮންމެ އިލްޒާމަކީ ތިމާގެ ކުށެއްނެތްކަން ސާބިތުކޮށްދޭން ޖެހޭ ކަންކަމެށް ނޫނެވެ.
އަމިއްލަ ނަފްސާން އިތުބާރުކޮށް ﷲއަށް ވަކީލުކޮށް ސަބަބުތަތަކުގައި ހިފާ ކުރިއަރާދާށެވެ.



