އެންވަޔަރަންމަންޓް މިނިސްޓީން އައްޑޫސިޓީ މީދޫ އަވަށު ބޯޑުގެ ރައީސާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

މީދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އައްޑޫ ސިޓީ މީދޫ އަވަށު ބޯޑުގެ ރައީސާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މީދޫގެ ގޮނޑުދޮށް ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށެވެ. އެގޮތުން ރަށުގެ ގިރާ ސަރަޙައްދުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގައި މީދޫން ބައިވެރިވެވިދާނެ ގޮތްތަކާއި، މި މަޝްރޫޢަށް އެ ރަށުން ވެދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި ސަރުކާރުން އިސްކަންދެނީ ރަށްރަށުގެ ތިމާވެށީގެ މައްސަލަތަކަށް ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށާއި، ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.