
ބ. ކިހާދޫގައި ޤާރީ ކޯހެއް ފަށައިފި
ބ. އަތޮޅު ކިހާދޫގައި ޤާރީ ކޯހެއް ފަށައިފިއެވެ.
އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާން އާއި ކިހާ ޖަމިއްޔާ އާއި ކިހާދޫ ކައުންސިލު ގުޅިގެން ފެށި މި ކޯހުގައި 55 މީހުން ބައިވެރިވެފައިވާ އިރު، މިއީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު (އެމްކިޔުއޭ) ޤަބޫލުކުރާ ސެޓްފިކެޓް ލެވްލް 1 ގެ ކޯހެކެވެ.
ކިހާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް އިފްތިތާހްކޮށްދެއްވީ ކިހާދޫ ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އިބްރާހިމް ނަޢީމު އެވެ. އެ ޖަލްސާގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާންގެ ފަރާތުން ހެޑް އޮފް އެކަޑެމިކް އަލްއުސްތާޒު އަލީ ޒިޔާދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދެ ކްލާހަކަށް ބަހާލައިގެން، ކުރިއަށް ގެންދާ މިކޯހަކީ 1 މަސްދުވަހުގެ މުއްދަތައް ހިންގާ ކޯހެކެވެ.



