ކަނޑުދަތުރު ކުރާ އުޅަނދުތައް ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ސްކޫލު ބަންދާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި ދަތުރުފަތުރު ކުރާ އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލައި ފާސްކުރާނެ ކަމަށާއި އިއްޔެ ފެށި މި އޮޕަރޭޝަން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ފުރާ އުޅަނދު ފަހަރުގެ ބަރުމަރުކާއި ޕަސެންޖަރުންގެ ޢަދަދާއި ބޯޓުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ވަސީލަތްތައް ހަމައަށް ހުރިތޯ ބަލާނެއެވެ. އަދި އެއްވެސް އިކުއިޕްމެންޓެއް ހަލާކުވެފައި ހުރިތޯ ބަލައި ފާސްކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި މީރު ބަހުރު ބަނދަރުން ފުރާ ބޯޓް ފަހަރާއި އެބަނދަރުގައި އަޅާފައިވާ ބޯޓްތަކާއި ފެރީ ޓަރމިނަލް ސަރަހައްދުން ފުރާ ފެރީތައް ބަލައި ފާސްކުރާނެއެވެ. އަދި ޓީ ޖެޓީ ސަރަހައްދުން ފުރާ އުޅަނދުތަކާއި އެސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައްވެސް ބަލައި ފާސްކުރުމަށް ވަނީ ނިންމާފައެވެ.

މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ދަތުރު ކުރުމަށާއި ސަލާމަތީ ކަންތައް ރަނގަޅު ކޮށްގެން ކަނޑުދަތުރުފަތުރު ކުރުމަށްވެސް ފުލުހުން ވަނީ ނަޞޭހަތްތެރިވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.