ޒިކޫ، ރާއްޖޭގައި ހުރި ހަމައެކަނި ”ނިއޯލިފްޓިން“ ތެރަޕިސްޓް

ހަށިގަނޑަށް ކަސްރަތު ބޭނުންވާ ފަދައިން މޫނުގެ މަސްތަކަށްވެސް ކަސްރަތު ބޭނުންވޭ - ޒިކޫ

ޒީނިޔާ ޒާހިރު (ޒިކޫ) އަކީ މީހުން ޒުވާންކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް ޚާއްޞަ މަސާޖުތަކެއް ކުރަމުން އަންނަ ހުނަރުވެރިއެކެވެ.
އޭނާ ދެމުން އަންނަނީ ސާޖަރީއަކާ ނުލައި މޫނުގެ ރޫތައް ފިލުވާލައި، ބައްޓަން ރީތިކޮށްދޭ ”ނޮން އިންވޭސިވް ހޯލިސްޓިކް ބިއުޓީ“  ޚިދުމަތެކެވެ.

ރާއްޖޭގައި މި ޚިދުމަތްދޭ ހަމައެކަނި ތެރަޕިސްޓަކީ ވެސް ޒީނިޔާ ޒާހިރު (ޒިކޫ) އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޒިކޫ ދޭ މަސާޖުގެ މައިގަނޑު ބައިތަކަކީ ލިމްފެޓިކް ޑްރެއިނޭޖް، ބަކަލް މަސާޖް އަދި ނިއޯލިފްޓިން މަސާޖްއެވެ.
ލިމްފެޓިކް ޑްރެއިނޭޖް: މޫނާއި ހަށިގަނޑުގައި ހަރުލާފައި ހުންނަ އިތުރު ފެން (ފްލުއިޑް) ބޭރުކޮށް، މޫނު ދުޅަވުމާއި ފޮއްސިވުން ކުޑަކޮށްދެއެވެ.
ބަކަލް މަސާޖް: އަނގަޔަށް އަތްލައިގެން ކޮލުގެ މަސްތައް މަސާޖުކުރުމެވެ. މިއީ ޑަބަލް ޗިން ފިލުވައިދިނުމާއެކު، ދަތްކޭރުމާއި ޓީއެމްޖޭ (ކޮލުކަށިގަނޑުގެ މައްސަލަތައް) ސައިނަސް އަދި މައިގްރެއިން ފަދަ މައްސަލަތަކަށް ލުއި ހޯދައިދޭ ކަމެކެވެ.
ނިއޯލިފްޓިން: މޫނުގެ މަސްތައް ޓޯންކޮށް، މޫނަށް ޖެހިފައި ހުންނަ ރޫފިލިވުމާއި، ސްމައިލް ލައިންސް ފިލުވާލަން އެހީތެރިވެދޭ އަދި ގިނަ ދުވަހު ޒުވާންކަންމަތީ ހުރުމަށްވެސް އެހީވެދޭ ސައިޑް އިފެކްޓެއް ނެތް ފަރުވާއެކެވެ.

ޒިކޫގެ މި ތެރަޕީގެ ސަބަބުން މޫނުގެ ރޫފިލުވުމާއި، ޑަބަލް ޗިން ކުޑަކުރުމާއި، މޫނުގެ ޝޭޕް ރަނގަޅުކުރުމުގެ އިތުރުން ލޯކައިރި ދުޅަވުން އަދި ޓީއެމްޖޭގެ މައްސަލަތަކަށް ބޮޑު ޙައްލެއް ލިބިގެންދެ އެވެ.

މީގެ އިތުރުން ފޭސް ޕެރަލިސިސް ނުވަތަ ބެލްސް ޕަލްސީ ޕޭޝަންޓުންނަށްވެސް މި މަސާޖްގެ ސަބަބުން ލުއި ލިބިގެންދެއެވެ.

މޫނުގެ މަސްތަކުގެ ހުންނަ ވީކްނެސްއަށް އަދި ޕެރަލިސިސްގެ ސަބަބުން ނާރުތަކުގެ ބާރު ދައްވުމުން އެކަމަށްވެސް ލުއިކަން ގެނެސްދެ އެވެ.

 

މި މަސައްކަތުގެ ފެށުން،

ziccoo
އެވިޑް ކޮލެޖްގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފޮރިން ރިލޭޝަންސް ޑައިރެކްޓަރުގެ މަގާމުވެސް އަދާކުރަމުން އަންނަ ޒިކޫ، މި ދާއިރާއަށް ޝައުގުވެރިވީ ބިއުޓީ ކޯސްތަކެއް ހަދަމުން ދަނިކޮށް ދުނިޔެއަށް ނަން މަޝްހޫރު ”ޕްރޯއޭޖް އެއިސްތެޓިކްސް“ ކިޔުނު މޫނުގެ އެކި ފަރުވާތަކަށް ހާއްސަ ގްރޫޕަކުން ”ނިއޯލިފްޓިން“ އާ ބެހޭ ސެލްފްކެއާ ކޯހެއް ހިންގާކަން އެނގުނު ހިސާބުންނެވެ.

އެގޮތުން ނިއޯލިފްޓިން ބިއުޓީ ތެރަޕިސްޓް ސެޓްފިކެޓާއި އައި ރިވައިވަލް ކޯސް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ.

 

ޒީ ސެލޫންގައި މި ޚިދުމަތްދެމުން އަންނަ ޒިކޫ ބުނާގޮތުގައި، ހަށިގަނޑަށް ކަސްރަތު ބޭނުންވާ ފަދައިން މޫނުގެ މަސްތަކަށްވެސް ކަސްރަތު ބޭނުންވެ އެވެ. އަދި ހަމައެހެންމެ މޫނު މަސާޖްކުރުމުގެ ސަބަބުން މޫނުމަތި ތާޒާވެ މޫނުގެ ބްލަޑް ސަރކިއުލޭޝަން ރަންގަޅުވެ ބިހިނެގުން އަދި އެހެނިހެން ކަންކަމަށްވެސް ވަރަށް ބޮޑު ހައްލެއް ލިބިދެ އެވެ.

މި މަސާޖް އެންމެ ފަހަރަކު މަސާޖުކޮށްލުމުންވެސް ބަދަލު ފެންނާނެ ކަމަށާއި، އަމިއްލައަށް ގޭގައި މިކަން ކުރާނެގޮތް ސެޝަންއަށްފަހު ޒިކޫ ކިޔައިދެ އެވެ. މިމަސާޖްތައް ކޮންމެ ދުވަހަކު މަދުވެގެން 5 ފަހަރު ކޮށްލުމުންވެސް މޫނު ރީތިކޮށް ބެހެއްޓޭނެކަމަށްވެސް ޒިކޫ ބުންޔެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.