ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ފޮތެއް ނެރެނީ..

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ފޮތެއް މި ނޮވެމްބަރ މަހު ނެރުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ޖާރނަލިސްޓް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ މި ފޮތް ނެރުމުގެ ޙަފްލާ ބޭއްވުމަށް ނިންމާފައިވަނީ މި ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ރޭ 21:00ގައި ހޮޓެލް ހެންގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

347 ޞަފްޙާގެ މިފޮތުގެ ހާޑުކަވަރ އާއި ސޮފްޓްކަވަރ މިހާރު ޗާޕުކޮށްފައިވާ އިރު، މިފޮތުގައި ޑރ. ވަޙީދުގެ ތުއްޕުޅު ދިރިއުޅުއްވުމާއި ތަޢުލީމީ ޙަޔާތާއި ޒާތީ ދިރިއުޅުއްވުން ހިމެނެއެވެ. އަދި ޒާތީ ދިރިއުޅުމާއި ސިޔާސީ ޙަޔާތްޕުޅު ފެށިގެން އައިގޮތާއި ނައިބު ރައީސްކަމާއި ރައީސްކަމުގައި ދައުލަތް ހިންގެވުމުގައި ނިންމަވަންޖެހިވަޑައިގެން މުހިންމު އެކިއެކި ނިންމުންތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

ދިރާސާ ކުރައްވައިގެން ރައީސް ވަޙީދުގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ސަރުކާރުގެ އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭބޭފުޅުންނާއި ރަޙްމަތްތެރިންނާއި ސިޔާސީ ވާދަވެރިން އެމަނިކުފާނާއިބެހޭގޮތުން ދައްކާ ވާހަކަތަކަށްވެސް މިފޮތުގައި ވަނީ އަލިއަޅުވާލާފައެވެ.

މެލޭޝިއާގައި ޗާޕުކޮށްފައިވާ މިފޮތުގެ ހާޑްކަވަރ ކޮޕީއެއް ވިއްކުމަށް ނިންމާފައިވަނީ =/300 ރުފިޔާއަށެވެ. އަދި ސޮފްޓްކަވަރ ކޮޕީއެއް =/200 ރުފިޔާއަށެވެ.

މިފޮތުގެ ސަބަބުން ސަރުކާރުގައި ހޭދަކުރެއްވެވި ދުވަސްވަރު ކަންކަން ހިނގައިދިޔަގޮތާއި ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެކއެކި ނިންމެވުންތައް ރައްޔިތުންނަށް ކުރިއަށްވުރެބޮޑަށް އެނގިސާފުވާނެކަމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ދެކިވަޑައިގަންނަވައެވެ.

މިފޮތް ލިޔުއްވި މުޙައްމަދު ޖަމީލަކީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާގައި ފުންނާބުއުސް ފަރާތެކެވެ. ޕަބްލިކް ސަރވިސް މީޑިއާގެ އެގްޒެކެޓިވް އެޑިޓަރގެ މަޤާމު ފުރުއްވަމުން އަންނަ ޖަމީލަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދީދީ އަވަހާރަވެދިޔަގޮތުގެ މައްޗަށް ލިޔެފައިވާ އޯކިޑް ފޮތުގެ މުސައްނިފްވެސްމެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.