
ކައުންސިލް އިންތިޚާބު ފަސްކުރުމަށް ޔާމީން ފެންޝަނުން ކޯޓަށް…
އަންނަ ޖެނުއަރީމަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްދިނުމަށްއެދި ޕީޕީއެމްގެ ޔާމީން ފެންޝަނުން ސިވިލްކޯޓަށް ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ މުޝްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިއްޔެ ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގާ އެދިފައިވަނީ ދެ މަސްދުވަހަށް ފަސްކޮށްދިނުމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ސިވިލް ކޯޓުގައި ވަނީ މާދަމާ ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ޕާޓީން ލޯކަލް ކައުންސިލުގެ ރައީސް ޔާމީން ފެންޝަނުން އިންތިޚާބު ލަސްކޮށްދިނުމަށް އެދިފައިވަނީ ޖެނުއަރީ 14 ގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައި ވާއިރު، ޕީޕީއެމްގެ ހިންގުމުގައި ދިމާވި ދަތިތަކާ ހެދި، މިހާރު ކަނޑައަޅާފައިވާ ތާރީޚަށް އިންތިޚާބަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެވިފައި ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު، އެ ފެކްޝަނުން ބުނެފައިވަނީ އިންތިޚާބު ފަސްކުރަން ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދެކެވިފައި އޮށްވައި އިލެކްޝަނުން ވަނީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ކުއްލި ގޮތަކަށް އިތުރުވެސް ކޮށްފައެވެ.



