
ބަރަބޯ އޮށުގެ ބައެއް ފައިދާ
ބަރަބޯ އޮށަކީ ނިއުޓްރީޝަން މުއްސަނދި، އަދި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އޮށެކެވެ.
މީގެ ސަބަބުން ދަރިމައިވުމުގެ ޤާބިލުކަން އިތުރުވުމާއި، ހިތުގެ ދުޅަހެހެޔޮކަން ރަނގަޅުވުމާއި، އަދި ލޭގައި ގުލްކޯޒް ހުންނަ މިންގަނޑު ކޮންޓްރޯލްކުރުމަށްވެސް އެހީތެރިވެދެ އެވެ.
ބަރަބޯ އޮށުގެ މަދު މިންވަރެއް ކެއުމުންވެސް ހަށިގަނޑަށް ބޭނުންވާ ޞިއްޙީ ގޮތުން ފައިދާހުރި ފެޓްސް، މެގްޒީޒިއަމް އަދި ޒިންކް ލިބިގެންދެ އެވެ.
މި ސަބަބުތަކާހުރެ ބަރަބޯ އޮށަކީ ހިތުގެ ދުޅަހެޔޮކަމަށާއި، ޕްރޮސްޓޭޓްގެ ޞިއްޙަތަށް އަދި ކެންސަރުގެ ބައެއް ބާވަތްތަކުން ދިފާޢުވުމަށް އެހީތެރިވެދޭ އެއްޗެއް ކަމުގައި ފާހަގަކުރެވެ އެވެ.
ސައިންސުވެރިން ފާހަގަކުރާ ބަރަބޯ އޮށުގެ ބައެއްފައިދާތައް:
- ފައިދާހުރި މާއްދާތަކުން ފުރިގެންވުން
ކުޑައޮށަކީ މިއިން ކޮންމެ މާއްދާއެއް ވެސް ލިއްބައިދޭ ރަނގަޅު މަސްދަރެކެވެ:
- މެންގަނީޒް
- ކޮޕަރ
- މެގްޒީޒިއަމް
- ފޮސްފަރަސް
- ޒިންކް
- އަޔަން (ތޮށިގަނޑު)
މަތީގައިވާ މާއްދާތަކުގެ އިތުރުން، ކުޑައޮށުގައި އެންޓިഓక్సిޑަންޓްސް އަދި މަދު މިންވަރަކަށް ޕޮޓޭސިއަމް، ރިބޮފްލެވިން، އަދި ފޮލޭޓް ހިމެނެއެވެ.
- އެންޓި އޮކްސިޑެންޓް މަތިވުން
ކުޑައޮށްޓަކީ ފްލެވޮނޮއިޑްސް އަދި ފީނޮލިކް އެސިޑް ފަދަ އެންޓީއޮކްސިޑެންޓް މުއްސަނދި އެއްޗެކެވެ. މީގެ އިތުރުން މަދު މިންވަރަކަށް ވިޓަމިން އީ އަދި ކެރޮޓެނޮއިޑްސް ވެސް ހިމެނެ އެވެ.
އެންޓީއޮކްސިޑެންޓް އިން ހަށިގަނޑުގެ ދުޅަދެތިރިކޮށް، ގެއްލުންހުރި ފްރީ ރެޑިކަލްސްތަކުން ސެލްތައް ރައްކާތެރިކޮށްދެއެވެ. އެހެންކަމުން، އެންޓީއޮކްސިޑެންޓް އެކުލެވޭ ކާނާ ކެއުމަކީ ގިނަ ބަލިތަކުން ދިފާޢުވުމަށް އެހީތެރިވެދޭ ކަމެކެވެ.
- ކެންސަރުގެ ބައެއް ބާވަތްތަކުގެ ނުރައްކާ ކުޑަކޮށްދިނުން
ބައެއް ދިރާސާތަކުން ދައްކާގޮތުގައި ބަރަބޯ އޮށުގައި ކެންސަރުގެ އަސަރު ފެތުރުމުން ދުރުކޮށްދޭ ޕްލާންޓް ކޮމްޕައުންޑްސް އެކުލެވިގެންވެ އެވެ.
އެގޮތުން، 2012 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ބަރަބޯ އޮށް ކެއުމަކީ މެނަޕޯޒް އަށްފަހު އަންހެނުންގެ މޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަމެކެވެ.
އަދި އެހެން ދިރާސާތަކުން ދައްކާގޮތުގައި ބަރަބޯ އޮށުގައި ހުންނަ ލިގްނަންސްއަކީ މޭގެ ކެންސަރު ހުއްޓުވުމާއި ފަރުވާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.
މީގެ އިތުރުން ޓެސްޓް-ޓިއުބް ދިރާސާއަކުން ދެއްކި ގޮތުގައި، ބަރަބޯ އޮށުގެ އެކްސްޓްރެކްޓްގައި ޕްރޮސްޓޭޓް ކެންސަރު ސެލްތައް އިތުރުވުން މަޑުޖައްސާލުމުގެ ގާބިލުކަން ހުރެއެވެ.
- ޕްރޮސްޓޭޓް އަދި ކުޑަކަމުދާ ނިޒާމުގެ ޞިއްޙަތު ރަނގަޅުކޮށްދިނުން
ބަރަބޯ އޮށަކީ ޕްރޮސްޓޭޓް ބޮޑުވުމުގެ ސަބަބުން ކުޑަކަމުދާން އުނދަގޫވާ ފަރާތްތަކަށް އެކަމުގެ އަލާމާތްތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
އިންސާނުންގެ މެދުގައި ކުރި އެކި ދިރާސާތަކުން ދެއްކި ގޮތުގައި މި އޮށް ކެއުމުން ބީ.ޕީ.އެޗް އާ ގުޅުންހުރި އުނދަގޫތައް ކުޑަވެގެންދެ އެވެ.
2021 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި ބަރަބޯ އޮށުގެ ތެޔޮ ބޭނުންކުރުމުން، ޕްރޮސްޓޭޓް ބޮޑުވުމުގެ މައްސަލަ ހުރި 39 މީހުންގެ ކިބައިން އުނދަގޫތައް ކުޑަވެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވި އެވެ. ހަމައެއާއެކު، ބޭހާ އަޅާބަލާއިރު ބަރަބޯ އޮށުގެ ތެލުން ލިބޭ ނޭދެވޭ އަސަރުތައް ކުޑައެވެ.
އަދި އިތުރު ދިރާސާތަކުން ދައްކާގޮތުގައި ބަރަބޯ އޮށް ނުވަތަ އޭގެ އުފެއްދުންތައް ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުންކުރުމަކީ ކުޑަކަމުދާ އެއްޗެހި މާ ގިނައިން ހިފަހައްޓަންޖެހޭ ނުވަތަ ކޮންޓްރޯލް ނުވާ މައްސަލައަށް ފަރުވާއަކަށް ވެދާނެ އެވެ.
- މެގްޒީޒިއަމް މަތިވުން
ހުޅަނގުގެ ޤައުމުތަކުގެ މީހުންގެ ކާނާގައި ޢާންމުކޮށް މަދުވާ މެގްޒީޒިއަމް ލިބޭ އެންމެ ރަނގަޅު އެއް މަސްދަރަކީ ބަރަބޯ އޮށެވެ.
ހަށިގަނޑުގައި ހިނގާ 600 އަށްވުރެ ގިނަ ކެމިކަލް ރިއެކްޝަންތަކަށް މެގްޒީޒިއަމް ބޭނުންވެ އެވެ. މެގްޒީޒިއަމްގެ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހުރުމަކީ:
- ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް
- ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް
- ކަށިތައް ވަރުގަދަކޮށް ބެލެހެއްޓުމަށް
- ލޭގެ ހަކުރު ހުންނަ މިންގަނޑު ހަމައަކަށް އެޅުވުމަށް
- ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދިނުން
ކުޑައޮށްޓަކީ އެންޓިއޮކްސިޑަންޓް، މެގްޒީޒިއަމް، ޒިންކް، އަދި ފެޓްސް މުއްސަނދި އެއްޗަކަށްވުމުން ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއ ެވެ.
އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ކުރި ދިރާސާތަކުން ދައްކާގޮތުގައި ބަރަބޯ އޮށުގެ ތެލަކީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.
އަންހެނުންގެ މެދުގައި 12 ހަފުތާއަށް ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ބަރަބޯ އޮށުގެ ތެޔޮ ބޭނުންކުރުމުން ލޭގެ ޕްރެޝަރު 7 އިންސައްތަ ދަށްވެ، ރަނގަޅު ކޮލެސްޓްރޯލް 16 އިންސައްތަ އިތުރުވި އެވެ.
- ލޭގެ ހަކުރު މިންގަނޑު ދަށްކޮށްދިނުން
ޞިއްޙަތު ރަނގަޅު މީހުންގެ މެދުގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި 65 ގްރާމްގެ ބަރަބޯ އޮށް ހިމެނޭ ކާނާ ކެއުމުން، ގިނައިން ކާބޯހައިޑްރޭޓް ހިމެނޭ ކާނާއެއް ކެއުމަށްފަހު ލޭގައި ހުންނަ ހަކުރު މިންގަނޑު ދަށްކޮށްދެއެވެ.
މީގެ އިތުރުން ބަރަބޯ އޮށުގައި މެގްޒީޒިއަމް މަތިވުމަކީ ހަކުރުބައްޔަށް (ޓައިޕް 2 ޑައިބީޓީޒް) އިން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ.
- ފައިބަރުން މުއްސަނދިވުން
ބަރަބޯ އޮށަކީ ޑައިޓަރީ ފައިބަރުން މުއްސަނދި މޮޅު އެއްޗެކެވެ.
ފައިބަރު ގިނައިން އެކުލެވޭ ކާނާ ކެއުމަކީ ކާނާ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެހެޔޮކޮށްދޭ ކަމެކެވެ. އަދި ހިތުގެ ބަލި، ހަކުރުބަލި އަދި ފަލަވުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.
- ދަރިމައިވުމުގެ ގާބިލުކަން (ޚާއްސަކޮށް ފިރިހެނުންގެ) ރަނގަޅުކޮށްދިނުން
ހަށިގަނޑުގައި ޒިންކް މަދުވުމަކީ ދަރިމައިވުމުގެ ގާބިލުކަމަށް އަސަރުކޮށް، ދަރިމައިނުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމެކެވެ.
ކުޑައޮށުގައި ޒިންކް ގިނައިން ހިމެނޭތީ ފިރިހެނުންގެ ދަރިމައިވުމުގެ ގާބިލުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެ އެވެ. އަދި ޓެސްޓޮސްޓްރޯން ހޯމޯން މިންގަނޑު ހަމައަކަށް އެޅުވުމަށް އެހީތެރިވެދެ އެވެ.
- ނިދި ރަނގަޅުކޮށްދިނުން
ރޭގަނޑު ނިދަން އުނދަގޫވާނަމަ، ނިދުމުގެ ކުރިން ބަރަބޯ އޮށް ކައިލުމަކީ ރަނގަޅު ކަމެކެވެ. މިއީ ނިދަން އެހީތެރިވެދޭ ޓްރައިޕްތޮފަން ކިިޔާ އެމިނޯ އެސިޑެއް އެކުލެވޭ އެއްޗެކެވެ.
މީގެ އިތުރުން ބަރަބޯ އޮށުގައި އެކުލެވޭ މެގްޒީޒިއަމްގެ ސަބަބުން އަރާމު ނިންޖެއް ލިބުމަށް މަގުފަހިކޮށްދެ އެވެ.
- ކެއުމުގައި ބޭނުންކުރަން ފަސޭހަވުން
ބަރަބޯ އޮށުގެ ފައިދާ ހޯދުމަށް ކެއުމުގެ ތެރޭގައި ހިމެނުމަކީ ވަރަށް ފަސޭހަކަމެކެވެ.
އެގޮތުން ރޯކޮށް ނުވަތަ ފިހެގެން، ލޮނުލައިގެން ނުވަތަ ލޮނުނުލާ ވެސް ބޭނުންކުރެވެ އެވެ. އަދި ސްމޫތީ، ޔޯގަޓް، ފުރުޓް ބޯލް، އަދި ސެލެޑް ފަދަ ތަކެއްޗަށް އަޅައިގެން ވެސް ބޭނުންކުރެވިދާނެ އެވެ.



